Articles

ފަަރުވާގެ ޕްރޮގްރާމުތައް

 #   ޕްރޮގްރާމްގެ ތަފްސީލް
ޑައުންލޯޑް
1

  ކޮމިއުނިޓީ ރީއިންޓަގްރޭޝަން ޕްރޮގްރާމް (ބޭސިކް)

 ކޮމިއުނިޓީ ރީއިންޓަގްރޭޝަން ޕްރޮގްރާމަކީ ރެސިޑެންޝަލް ފަރުވާއެއް ފުރިހަމަކުރުމަށްފަހު މުތަމަޢަށް އަހުލުވެރި ކުރުމުގެގޮތުން ހިންގޭ ޕްރޮގްރާމެކެވެ. މިޕްރޮގްރާމުގެ މައިގަނޑު ބޭނުމަކީ ރެސިޑެންޝަލް ފަރުވާގެ މުއްދަތުގައި ފަރުވާ ލިބިގަންނަ ފަރާތުން ދަސްކޮށްފައިވާ ކަންތައްތައް މުޖުތަމަޢުގައި ބޭނުންކުރުމަށް އަހުލުވެރިކުރުމާއި، މުޖުތަމަޢުގައި ހުރެގެން ފަރުވާ ފުރިހަމަކުރާއިރު ދިމާވާ ކަންތައްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމެވެ. މުޖުތަމަޢުގައި ބަހައްޓައިގެން ފަރުވާގެ ބައެއް ފުރިހަމަކުރުމުގެ ބޭނުމަކީ ރެސިޑެންޝަލް ފަރުވާ ފުރިހަމަކުރުމަށްފަހު މުޖުތަމަޢުގައި ހުންނަ ދުވަސްވަރު ދެވަނަ ފަހަރަށް މަސްތުވާތަކެތި ބޭނުންކުރުމުގެ ފުރުސަތު (ރިލެޕްސްވުމުގެ ފުރުސަތު) ވީހާވެސް ކުޑަކޮށް ޒިންމާދާރު މީހަކަށް މީހާ ހެދުމެވެ. މި ޕްރޮގްރާމުގެ މުއްދަތަކީ 03 މަސްދުވަހެވެ.


 appol
2

ކޮމިއުނިޓީ ރީއިންޓަރގްރޭޝަން އެކްސްޓެންސިވް

ކޮމިއުނިޓީ ރީއިންޓަރގްރޭޝަން އެކްސްޓެންސިވް ޕްރޮގްރާމުގެ ބޭނުމަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަ މާބޮޑުނޫން މީހުންނަށް މުޖުތަމަޢުގައި ބައިތިއްބައިގެން ފަރުވާ ދިނުމެވެ. މި ޕްރޮގްރާމް ބަހާލެވިފައިވަނީ މައިގަނޑު ދެ ފިޔަވައްސަކަށެވެ. މިގޮތުން ފުރަތަމަ ފިޔަވަހީގައި ފުރިހަމަކުރަންޖެހޭނީ ކްލާސްތަކަކާއި ސްކިލްސް ކްލާސްތަކަކެވެ. ދެވަނަ ފިޔަވަހީގައި ކުރިއަށް ގެންދެވޭނީ މޮނިޓަރިންގެ ބައެވެ. ފުރަތަމަ ފިޔަވަހީގައި ފުރިހަމަކުރަންޖެހޭ ކްލާސްތަކުގެ ބޭނުމަކީ ފަރުވާ ފުރިހަމަކުރާ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު އަދި ދީނީ ގޮތުންނާއި ދުނިޔަވީގޮތުން އެނގެންޖެހޭ މަޢުލޫމާތުތައް ފޯރުކޮށްދިނުމެވެ. ދެވަނަ ފިޔަވަހީގެ ބޭނުމަކީ މަސްތުވާތަކެތި ބޭނުންކުރުން ހުއްޓާލުމަށްފަހު މުޖުތަމަޢުގައިއުޅޭ ދުވަސްވަރު ދިގުމުއްދަތަކަށް މޮނިޓަރ ކުރުމެވެ. މި ޕްރޮގްރާމުގެ މުއްދަތަކީ 06 މަސްދުވަހެވެ.


appol
3

ރިކަވަރީ މެއިންޓަނަންސް ޕްރޮގްރާމް

 މަސްތުވާތަކެތި ބޭނުންކުރާ މީހުންގެތެރެއިން ފަރުވާފުރިހަމަކުރާ ބައެއް މީހުންނަކީ ފަރުވާގެ މުއްދަތުގެތެރޭގައި ވަޒީފާ އަދާކުރަމުންދާ މީހުންނެވެ. ރިކަވަރީ މެއިންޓަނަންސް ޕްރޮގްރާމްގެ ބޭނުމަކީ ފަރުވާ ފުރިހަމަކުރާމީހުންނަށް ފަސޭހަކަމާއެކު ފުރިހަމަކުރެވޭނެ ފަރުވާގެ ޕްރޮގްރާމެއް ތަޢާރަފުކޮށް ފަރުވާހޯދާ ފަރާތްތަކުގެ ބޭނުންތަކަށް އިސްކަންދީގެން އެހިތެރިކަން ފޯރުކޮށްދިނުމެވެ. މިޕްރޮގްރާމުގެ މައިގަނޑު މަޤްސަދަކީ، ދިރިއުޅުމުގައި ޒިންމާދާރުކަމާއެކު މަސައްކަތްކުރާ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ އެމީހުންނަކީ މަސްތުވާތަކެތި ބޭނުން ނުކުރާ، މުޖުތަމަޢުގައި ފައިދާހުރި، ޒިންމާދާރު މީހުންތަކަކަށް ހެދުމެވެ. އަދި ހަމައެހެންމެ މަސްތުން ސާފުގޮތުގައި ދެމިހުރުމަށް ބޭނުންވާ އެހީތެރިކަން ދިގުމުއްދަތަކަށް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީވެސް ރިކަވަރީ މެއިންޓަނަންސް ޕްރޮގްރާމުގެ މަޤްސަދުތަކުގެތެރޭގައި ހިމެނޭ ކަމެކެވެ. މި ޕްރޮގްރާމުގެ މުއްދަތަކީ 03 މަސްދުވަހެވެ.


 appol
4

މެތަޑޯން މެއިންޓަނަންސް ޓްރީޓްމަންޓް

މެތަޑޯން މެއިންޓަނަންސް ޓްރީޓްމަންޓް (އެމް.އެމް.ޓީ) ޕްރޮގްރާމަކީ އޮޕިއެއިޑް ސަބްސްޓިޓިއުޝަން ތެރަޕީ ޕްރޮގްރާމެކެވެ. މިއީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންގެ ތެރެއިން އޮޕިއޮއިޑަށް ދެވިހިފާފައިވާ (ޙާއްސަކޮށް ކަށިގެ ޒަރީޢާއިން އޮޕިއޮއިޑް ބޭނުންކުރާ) މީހުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށާއި އަދި މިކަމާ ގުޅިގެން މުޖުތަމަޢުގައި ފެތުރޭ ބަލިމަޑުކަމުން ސަލާމަތްކުރުމުގެ ގޮތުން ދެވޭ ފަރުވާއެކެވެ.

މިޕްރޮގްރާމް އެކުލެވިގެންވަނީ މައިގަނޑު ދެބައެއްގެ މައްޗަށެވެ. އެއީ މެޑިކަލް ކޮމްޕޯނަންޓް އަދި ސައިކޮސޯޝަލް ކޮމްޕޯނަންޓްއެވެ. މެޑިކަލް ކޮމްޕޯނަންޓްގައި ހިމެނެނީ މެތަޑޯން މެއިންޓަނަންސް ފަރުވާ ދިނުމެވެ. މީގައި މެޑިކަލް ކޮންސަލްޓޭޝަން އަދި ކޮންމެ ދުވަހަކު ޑޯޒް ނެގުން ހިމެނެއެވެ. ސައިކޮސޯޝަލް ކޮމްޕޯނަންޓަގައި ހިމެނެނީ ކްލައިންޓުންނަށް ހިންގޭ ކްލާސްތަކާއި ކައުންސެލިންގ ސެޝަންތަކެވެ. މިޕްރޮގްރާމްގެ ހުރުހާ ފޭސްތަކެއްވެސް ކުރިޔަށް ދާނީ މެޑިކަލް އަދި ސައިކޮސޯޝަލް ކޮމްޕޯނަންޓް ހިމެނޭ ގޮތުގެ މަތިންނެވެ. މި ޕްރޮގްރާމުގެ މުއްދަތަކީ 20 މަސްދުވަހެވެ.

 

appol
5 އަންހެނުންނަށް ޚާއްޞަ ރެސިޑެންޝަލް ފަރުވާގެ ޕްރޮގްރާމް

މި ޕްރޮގްރާމަކީ، މުޖުތަމަޢުން އެކަހެރިކުރުމަށްފަހު ފަރުވާދޭ މަރުކަޒުގައި ބައިތިއްބައިގެން ކުރިއަށް ގެންދެވޭ ފަރުވާގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ތެރޭގައި ފުރިހަމަކުރަންޖެހޭ ކުލާސްތަކާއި، ކައުންސެލިންގ ސެޝަންތައް ހިމެނެއެވެ. މި ޕްރޮގްރާމުގެ މުއްދަތަކީ 121 ދުވަހެވެ. ނަމަވެސް، ޕްރޮގްރާމު ފުރިހަމަކުރުމުގެ ތެރޭގައި ދިމާވާ ކަންކަމުގެ ސަބަބުން މަރުކަޒުގެ ފަރާތުން ދުވަސްތައް އިތުރުކުރާނެއެވެ.

appol
6 ޑްރަގް ރީހެބިލިޓޭޝަން ސެންޓަރުގެ ފަރުވާގެ ޕްރޮގްރާމް

އަންހެނުންނަށް ޚާއްޞަ ރެސިޑެންޝަލް ފަރުވާގެ ޕްރޮގްރާމަކީ މުޖުތަމަޢުން އެކަހެރިކުރުމަށްފަހު ފަރުވާދޭ މަރުކަޒުގައި ބައިތިއްބައިގެން ކުރިއަށް ގެންދެވޭ އަންހެނުންނަށް ޚާއްޞަ ފަރުވާގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ތެރޭގައި ފުރިހަމަކުރަންޖެހޭ ކުލާސްތަކާއި، ކައުންސެލިންގ ސެޝަންތައް ހިމެނެއެވެ.

appol
7

މުހިއްމު އިރުޝާދު

 މިއީ ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމުގައި ބައިވެރިކުރާ މީހުންނަށް ދެވޭ މުހިއްމު އިރުޝާދު ތަކެކެވެ. 

appol