ޑްރަގް ކޯޓުގައި ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތެއް ބާއްވައިފި!

                                                                  

1439 ވަނަ އަހަރުގެ ރަމަޟާން މަސް އިޙްޔާ ކުރުމަށް ޑްރަގް ކޯޓުގެ ފަރާތުން 10 ޖޫން 2018 ވަނަ ދުވަހު ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތެއް ބާއްވައިފިއެވެ.

ޑްރަގް ކޯޓުގެ މުވައްޒަފުންނަށް އަދި މުވައްޒަފުންގެ އާއިލާ މެމްބަރުންގެ ތެރެއިން 10 އަހަރުން ދަށުގެ ކުދިންނަށް ފުރުޞަތު ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ޤުރުއާން މުބާރާތަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.

10 ޖޫން 2018 ވަނަ ދުވަހުގެ 10:30 ގައި ފެށި މުބާރާތް އެ ދުވަހުގެ 12:30 ގައި ނިންމައި، 13:00 ގައި ވަނީ ނަތީޖާ ފާޅުކޮށްފައެވެ.

މުބާރާތުގެ 10 އަހަރުން ދަށުގެ ބައިން 1 ވަނަ ހޯދާފައިވަނީ ޢާއިޝަތު އަރުޝީ އަޙްމަދެވެ. 2 ވަނަ ހޯދާފައިވަނީ އަނާ މުޙައްމަދު ނަޢީމް އަދި 3 ވަނަ ހޯދާފައިވަނީ އާމިނަތު ޒީކް ޝަމީނެވެ. ކޯޓުގެ މުވައްޒަފުންގެ ތެރެއިން 1 ވަނަ ހޯދާފައިވަނީ ޝުޢުބާ ޢަބްދުލްމުހައިމިނެވެ. 2 ވަނަ ހޯދާފައިވަނީ އިސްޙާޤް އަމީން އަދި 3 ވަނަ ހޯދާފައިވަނީ މުޙައްމަދު ނާޝިފް އަޙްމަދެވެ.