ޖުޑީޝަރީ ފުޓްސަލް މުބާރާތުން ޑްރަގް ކޯޓަށް ރިހި މެޑަލް!

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން އިންތިޒާމްކޮށްގެން 08 އޮގަސްޓް 2018 އިން 12 އޮގަސްޓް 2018 ގެ ނިޔަލަށް ބޭއްވި ޖުޑީޝަރީ ފުޓްސަލް މުބާރާތުގެ ރަނަރއަޕް ކަން ޑްރަގް ކޯޓު ހޯދައިފިއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މުބާރާތުގެ ފައިނަލް މެޗު ކްރިމިނަލް ކޯޓު ކާމިޔާބު ކޮށްފައިވަނީ 05 ލަނޑު 03 ލަނޑުގެ ނަތީޖާ އަކުންނެވެ.

މުބާރާތުގައި ޖުމްލަ 7 ޓީމް ވާދަކޮށްފައިވާއިރު މުޅިމުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ޑްރަގް ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ މުޙައްމަދު އަޖުވަދު ސަލާޙް އަދި އެޑްމިނިސްޓްރޭޓިވް އޮފިސަރ އަޙްމަދު ޝާމިން ހިމެނެއެވެ. މީގެ އިތުރުން ޖުޑީޝަރީގެ އަންހެން މުވައްޒަފުންގެ މެދުގައި ބޭއްވުނު ހޭންޑްބޯލް މުބާރާތުގެ ޑްރީމްޓީމު ގައި ޑްރަގް ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ ފިރުޝާނާ އިބްރާހީމް ހޮވިފައިވެއެވެ.