ޑްރަގް ކޯޓުގެ 7 ވަނަ އަހަރީ ޙަފުލާ ބާއްވައިފި!

ޑްރަގް ކޯޓު އުފެދުނުތާ 7 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަ ކުރުމަށް ޙަފުލާއެއް ބާއްވައިފިއެވެ. 01 އޮގަސްޓް 2019 ވަނަ ދުވަހުގެ ރޭ މޯލްޑިވްސް ކަސްޓަމްސް ބިލްޑިންގ ގައި ބޭއްވުނު މި ޙަފުލާގައި 2018 ވަނަ އަހަރު ޑްރަގް ކޯޓުން ހުރިހާ ގޮތަކުން އެންމެ ފާހަގަ ކުރެވޭ ނަމޫނާ މުވައްޒަފަށާއި، އެ އަހަރު ޙާޟިރީއަށް އެންމެ ރަނގަޅު މުވައްޒަފުން ހޮވައި ޓްރޮފީއާއި ހަނދާނީ ލިޔުން ދެވުނެވެ. އަދި މީގެ އިތުރުން 2018 ވަނަ އަހަރު ޕާރފޯމަންސް އެޕްރައިޒަލް އިން 70 އިންސައްތައަށް ވުރެ މަތިން މާރކްސް ލިބުނު މުވައްޒަފުންނަށާއި، އައުޓް ސްޓޭންޑިންގ އެވޯޑްގެ ނަމުގައި 6 މުވައްޒަފަކަށް ހަނދާނީ ލިޔުން ދެވުނެވެ.

2018 ވަނަ އަހަރުގެ ނަމޫނާ މުވައްޒަފަކަށް ހޮވިފައިވަނީ ކޮމްޕިޔުޓަރ ޓެކްނީޝަން އިސްމާޢިލް ޝަރީފެވެ. ޙާޟިރީއަށް އެންމެ ރަނގަޅު މުވައްޒަފުންގެ ގޮތުގައި ހޮވިފައި ވަނީ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ހަޝްފާ ޙަސަން އާއި އެޑްމިނިސްޓްރޭޓިވް އޮފިސަރ އަޖުވަދު ސަލާޙެވެ.