ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޑްރަގް ކޯޓަށް ޒިޔާރަތް ކުރެއްވުން

 photo 2020-10-20 13-20-47 2photo 2020-10-20 13-20-48photo 2020-10-20 13-20-47 
14 އޮކްޓޫބަރު 2020 ވަނަ ދުވަހު ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒްނާ، ޑްރަގް ކޯޓަށް ވަނީ ޒިޔާރަތެއް ކުރައްވާފައެވެ. އެކަމަނާގެ އަރިހުގައި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ބަޖެޓް ސެކްޝަނުގެ އިސްވެރިޔާ، އަލްފާޟިލް މުޙައްމަދު ޢަލީ އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ އެޗް.އާރުގެ އިސްވެރިޔާ އަލްފާޟިލާ މަރްޔަމް ރައުޝަން ވެސް ޑްރަގް ކޯޓަށް ވަޑައިގެންނެވިއެވެ.

އިތުރަށް ވިދާޅުވުމަށް...

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑްރަގް ކޯޓަށް ޒިޔާރަތް ކުރެއްވުން

vp2 vpvp

11 އޮކްޓޯބަރު 2020 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްފާޟިލް ފައިޞަލް ނަސީމް، ޑްރަގް ކޯޓަށް ވަނީ ޒިޔާރަތެއް ކުރައްވާފައެވެ. އޭގެ އިތުރުން އެމަނިކުފާނުގެ އަރިހުގައި، މިނިސްޓަރ އޮފް ހޯމް އެފައަރޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޢާއިޝަތު މުޙައްމަދު ދީދީ، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓް އޮފީސް އަލްފާޟިލް އަޙްމަދު ސަމީރު އަދި އަންޑަރ ސެކްރެޓަރީ ޑރ. ޢަބްދުލް މަލިކް ވެސް ޑްރަގް ކޯޓަށް ވަޑައިގެންނެވިއެވެ.

 މި ޒިޔާރަތުގައި، ޑްރަގް ކޯޓުގެ ހުރިހާ ފަނޑިޔާރުންނާ އިސްވެރިންނާއެކު އެމަނިކުފާނު ބައްދަލުވުމެއް ބޭއްވެވިއެވެ. މި ޒިޔާރާތުގެ ބޭނުމަކީ ކޯޓުގެ މަސައްކަތްތައް ހިނގާގޮތް ބެއްލުވުމާއި ކޯޓަށް ދިމާވެފައިވާ ދަތިތަކާ ބެހޭގޮތުން މަޝްވަރާކުރުމެވެ.

 

ފޮޓޯ:presidency.gov.mv
 

 

ކޮވިޑް-19 އާ ގުޅިގެން ޑްރަގް ކޯޓުގެ އަމުރު ހަވާލު ކުރުމުގެ ހިދުމަތާއި އެހެނިހެން ބައެއް ހިދުމަތްތަށް އޮންލައިންކޮށްފި.

މިދުވަސްވަރު ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19ގެ ސަބަބުން ޑްރަގް ކޯޓުގެ މުވައްޒަފުންނާއި ޑްރަގް ކޯޓުގެ އިޚްތިޞާޞް ހިނގާ އެންމެހާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ޑްރަގް ކޯޓުން ނެރޭ އަމުރުތައް އޮންލައިންކޮށް ފަސޭހައިން ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. މި ޕޯރޓަލް ފަރުމާކޮށް ޑިވްލޮޕް ކޮށްފައި ވަނީ މޯލްޑިވިސް ކޮމްޕިއުޓަރ ސޮސައިޓީ އެހީތެރިކަމާއެކު ޑްރަގް ކޯޓުގެ އިރުޝާދުގެ ދަށުންނެވެ.

އިތުރަށް ވިދާޅުވުމަށް...

ޑްރަގް ކޯޓުގެ 7 ވަނަ އަހަރީ ޙަފުލާ ބާއްވައިފި!

ޑްރަގް ކޯޓު އުފެދުނުތާ 7 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަ ކުރުމަށް ޙަފުލާއެއް ބާއްވައިފިއެވެ. 01 އޮގަސްޓް 2019 ވަނަ ދުވަހުގެ ރޭ މޯލްޑިވްސް ކަސްޓަމްސް ބިލްޑިންގ ގައި ބޭއްވުނު މި ޙަފުލާގައި 2018 ވަނަ އަހަރު ޑްރަގް ކޯޓުން ހުރިހާ ގޮތަކުން އެންމެ ފާހަގަ ކުރެވޭ ނަމޫނާ މުވައްޒަފަށާއި، އެ އަހަރު ޙާޟިރީއަށް އެންމެ ރަނގަޅު މުވައްޒަފުން ހޮވައި ޓްރޮފީއާއި ހަނދާނީ ލިޔުން ދެވުނެވެ. އަދި މީގެ އިތުރުން 2018 ވަނަ އަހަރު ޕާރފޯމަންސް އެޕްރައިޒަލް އިން 70 އިންސައްތައަށް ވުރެ މަތިން މާރކްސް ލިބުނު މުވައްޒަފުންނަށާއި، އައުޓް ސްޓޭންޑިންގ އެވޯޑްގެ ނަމުގައި 6 މުވައްޒަފަކަށް ހަނދާނީ ލިޔުން ދެވުނެވެ.

އިތުރަށް ވިދާޅުވުމަށް...