ޑްރަގް ކޯޓުގެ މުވައްޒަފުންނަށް ދިވެހި ބަހުގެ ތަމުރީނު ޕްރޮގްރާމެއް ހިންގިއްޖެ!
- އާދީއްތަ, 02 ނޮވެމްބަރ 2014
ދިވެހި ބަހުގެ ޤަވާޢިދާއި ހަމަތަކުގެ ތަމުރީނު ޕްރޮގްރާމެއް ޑްރަގް ކޯޓުގެ މުވައްޒަފުންނަށް މިއަދު ހިންގިއްޖެއެވެ. ދިވެހި ބަހުގެ އެކަޑެމީއާ ގުޅިގެން ބޭއްވުނު މި ޕްރޮގްރާމުގައި މަޢުލޫމާތު ދެއްވާފައިވަނީ އެކަޑެމީގެ ނާއިބު ރައީސް އަލްފާޟިލާ ރާފިޢަތު ޢަބްދުލްޤާދިރާއި، މަޝްހޫރު އުސްތާޛު އަލްފާޟިލް ޢަބްދުﷲ ޞާދިޤެވެ.
ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޓެރެއިނިންގ މާލަމުގައި ކުރިއަށްދިޔަ މި ސެޝަނުގައި ޑްރަގް ކޯޓުގެ 14 މުވައްޒަފަކު ވަނީ ބައިވެރިވެފައެވެ. ބާކީ ތިބި މުވައްޒަފުންނަށް މީގެ ދެވަނަ ބުރެއް އަދި ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
އިތުރު 02 މީހަކު ފަރުވާގެ ޕްރޮގްރާމް ފުރިހަމަކޮށްފި
- އާދީއްތަ, 26 އޮކްޓޯބަރ 2014
ޑްރަގް ކޯޓުން ފަރުވާގެ ޕްރޮގްރާމުގައި ބައިވެރިކޮށްފައިވާ އިތުރު 02 މީހަކު ފަރުވާގެ ޕްރޮގްރާމު ފުރިހަމަކުރުމާއެކު އެ މީހުންގެ މައްޗަށް ކޮށްފައިވާ ފުރަތަމަޙުކުމް ބާޠިލު ކުރުމަށްފަހު މިނިވަން ކުރުމަށް ކޯޓުން ފަހުގެޙުކުމް ކޮށްފިއެވެ. ފަހުގެޙުކުމް ކުރެވިފައިވަނީ ޅ.ނައިފަރު، ވެލްކަމްގޭޓް މުޙައްމަދު ސަމާޢު އާއި ގދ.ތިނަދޫ، އަލިހަނދުވަރު ޙަސަން ޝަހުމްގެ މައްޗަށެވެ.
އިތުރު މީހަކު ރީހެބިލިޓޭޝަން އަމުރާޚިލާފުވުމުން ފަރުވާގެ ޕްރޮގްރާމުން ވަކިކޮށްފި
- އާދީއްތަ, 26 އޮކްޓޯބަރ 2014
ޑްރަގް ކޯޓުގެ ނަންބަރު 798/DC/2013 ޤަޟިއްޔާގައި ކ.މާލެ، މ.އެއްމުލިމާގެ އަޝްރަފް ޢަބްދުއްރަޙީމް ފަރުވާގެ ޕްރޮގްރާމް ފުރިހަމަކުރުމުގެތެރޭގައި، ފަރުވާދޭ މަރުކަޒުގެ ގަވާއިދުތަކާ ތަކުރާރުކޮށް ޚިލާފުވެފައި ވާތީ، ފަރުވާގެ ޕްރޮގްރާމުން ވަކިކޮށްފިއެވެ.
ޑްރަގް ކޯޓާއި އެން.ޑީ.އޭ ބައްދަލުވުމެއް ބާއްވައިފި!
- ބުދަ, 22 އޮކްޓޯބަރ 2014
ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ދިމާވާ ދަތިތަކާއި އެކަންތައްތައް ޙައްލު ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ޑްރަގް ކޯޓާއި ނޭޝަނަލް ޑްރަގް އޭޖެންސީން ސިލްސިލާކޮށް ބާއްވާ ބައްދަލުވުމުގެ ތެރެއިން އޮކްޓޯބަރ މަހުގެ ބައްދަލުވުން ކ.ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމެންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރުގައި ބޭއްވިއްޖެއެވެ.
އިތުރު ލިޔުންތައް...
- ޑްރަގް ކޯޓު ހިންގެވުން ވަގުތީ ގޮތުން ޤާޟީ އަލްއުސްތާޛު ޢަބްދުއްސައްތާރު ޢަބްދުލްޙަމީދުއާ ޙަވާލުކުރައްވައިފި!
- އިތުރު މީހަކު ރީހެބިލިޓޭޝަން އަމުރާޚިލާފުވުމުން ފަރުވާގެ ޕްރޮގްރާމުން ވަކިކޮށްފި
- އިތުރު 04 މީހަކު ފަރުވާގެ ޕްރޮގްރާމް ފުރިހަމަކޮށްފި
- ތިން މީހަކު ރީހެބިލިޓޭޝަން އަމުރާޚިލާފުވުމުން ފަރުވާގެ ޕްރޮގްރާމުން ވަކިކޮށްފި
- އިތުރު މީހަކު ފަރުވާގެ ޕްރޮގްރާމް ފުރިހަމަކޮށްފި