އިތުރު މީހަކު ފަރުވާގެ ޕްރޮގްރާމް ފުރިހަމަކޮށްފި
ޑްރަގް ކޯޓުން ފަރުވާގެ ޕްރޮގްރާމުގައި ބައިވެރިކޮށްފައިވާ އިތުރު މީހަކު ފަރުވާގެ ޕްރޮގްރާމު ފުރިހަމަކުރުމާއެކު އެ މީހާގެ މައްޗަށް ކޮށްފައިވާ ފުރަތަމަޙުކުމް ބާޠިލު ކުރުމަށްފަހު މިނިވަން ކުރުމަށް ކޯޓުން ފަހުގެޙުކުމް ކޮށްފިއެވެ. މިއަދ ފަހުގެޙުކުމް ކުރެވިފައިވަނީ ޏ.ފުވައްމުލައް ދިލްއާރާމުގޭ، އަޙްމަދު ސިޔާދުގެ މައްޗަށެވެ.
އަޙްމަދު ސިޔާދު ފަރުވާގެ ޕްރޮގްރާމްގައި ބައިވެރިކޮށްފައިވަނީ 27 އޮކްޓޯބަރ 2013 ގައެވެ. އަދި އަހްމަދު ސިޔާދު ބައިވެރިކޮށްފައިވަނީ ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރުގެ ފަރުވާ ޕްރޮގްރާމް ފުރިހަމަ ކުރުމަށްފަހު ކޮމިޔުނިޓީ ރީހެބިލިޓޭޝަން 03 މަސް ދުވަހުގެ ފަރުވާ ޕްރޮގްރާމްގައެވެ. އަޙްމަދު ސިޔާދު ތަންފީޛު ކުރަމުންދިޔަ 03 އަހަރު ދުވަހުގެ މުއްދަތަށްޖަލަށްލުމުގެ ޙުކުމް ވެސް ވަނީ ބާޠިލް ކޮށްފައެވެ.