ޑްރަގް ކޯޓަށް މީހުން ހާޒިރުކުރުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދު އުވާލައިފި!
ޑްރަގް ކޯޓަށް މީހުން ހާޒިރުކުރުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދު، 30 ޖަނަވަރީ 2024 ވަނަ ދުވަހު، އުވާލައިފިއެވެ. މި ގަވާއިދު އުވާލާފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުން، ޑްރަގް ކޯޓުގެ މި ގަވާއިދުގައިވާ ކަންކަމަށް ފަރުވާ ހޯދައިދީފައިވާތީ، ކޯޓުގައި މިވަގުތަށް، މި ކަމަށް ވަކި ޤަވާޢިދެއް އޮތުމުގެ ބޭނުމެއް ނެތް ކަމަށް، 29 ޖަނަވަރީ 2024 ވަނަ ދުވަހު ބޭއްވުނު ޑްރަގް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމެވުމާ ގުޅިގެންނެވެ. ޑްރަގް ކޯޓަށް މީހުން ހާޒިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު ހެދިފައިވަނީ، އޭރު ހުރި ޤާނޫނީ ނައްޞުތަކުން، ކޯޓަށް މީހުން ހާޒިރުކުރުމާ ގުޅުން ހުރި ބައެއް ކަންކަމާ މުޚާޠަބު ކުރެވިފައި ނުވާތީއެވެ.