އިތުރު 04 މީހަކު ފަރުވާގެ ޕްރޮގްރާމް ފުރިހަމަކޮށްފި
ޑްރަގް ކޯޓުން ފަރުވާގެ ޕްރޮގްރާމުގައި ބައިވެރިކޮށްފައިވާ އިތުރު 04 މީހަކު ފަރުވާގެ ޕްރޮގްރާމު ފުރިހަމަކުރުމާއެކު އެ މީހާގެ މައްޗަށް ކޮށްފައިވާ ފުރަތަމަޙުކުމް ބާޠިލު ކުރުމަށްފަހު މިނިވަން ކުރުމަށް ކޯޓުން ފަހުގެޙުކުމް ކޮށްފިއެވެ. ފަހުގެޙުކުމް ކުރެވިފައިވަނީ އދ.މަންދޫ އޯޝާންވިލާ މުޙައްމަދު އަރީސް އާއި ޏ.ފުވައްމުލައް ޖީޖޭ ޢަބްދުﷲ އިބްރާހީމް އާއި މ.ގްރީންލައިފް ޢަލީ ޝަރީފް އަދި ގއ.ދާންދޫ ޕެލަސްހައުސް އަޙްމަދު އާދަމްގެ މައްޗަށެވެ.
މުޙައްމަދު އަރީސް ފަރުވާ ޕްރޮގްރާމްގައި ބައިވެރިކޮށްފައިވަނީ 16 މާރޗް 2014 ގައެވެ. ޢަބްދުﷲ އިބްރާހީމް ފަރުވާ ޕްރޮގްރާމްގައި ބައިވެރިކޮށްފައިވަނީ 08 ޑިސެމްބަރ 2013 ގައެވެ. ޢަލީ ޝަރީފް ފަރުވާ ޕްރޮގްރާމްގައި ބައިވެރިކޮށްފައިވަނީ 18 ނޮވެމްބަރ 2013 ގައެވެ. އަޙްމަދު އާދަމް ފަރުވާ ޕްރޮގްރާމްގައި ބައިވެރިކޮށްފައިވަނީ 13 ނޮވެމްބަރ 2013 ގައެވެ.
މުޙައްމަދު އަރީސް ބައިވެރިކޮށްފައިވަނީ އިންޑިވިޖުއަލް ފަރުވާގެ 03 މަސް ދުވަހުގެ ފަރުވާ ޕްރޮގްރާމްގައެވެ. ޢަބްދުﷲ އިބްރާހީމް އާއި ޢަލީ ޝަރީފް ބައިވެރިކޮށްފައިވަނީ ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރުގެ ފަރުވާ ޕްރޮގްރާމް ފުރިހަމަ ކުރުމަށްފަހު ކޮމިޔުނިޓީ ރީހެބިލިޓޭޝަން 03 މަސް ދުވަހުގެ ފަރުވާ ޕްރޮގްރާމްގައެވެ. އަޙްމަދު އާދަމް ބައިވެރިކޮށްފައިވަނީ ކޮމިއުނިޓީ ރީހެބިލިޓޭޝަން 06 މަސްދުވަހުގެ ފަރުވާގެ ޕްރޮގްރާމްގައެވެ.
މުޙައްމަދު އަރީސް އާއި ޢަބްދުﷲ އިބްރާހީމް ތަންފީޛު ކުރަމުންދިޔަ 02 އަހަރު ދުވަހުގެ މުއްދަތަށްޖަލަށްލުމުގެ ޙުކުމާއި ޢަލީ ޝަރީފް ތަންފީޛު ކުރަމުންދިޔަ 03 އަހަރު ދުވަހުގެ މުއްދަތަށްޖަލަށްލުމުގެ ޙުކުމާއި އަޙްމަދު އާދަމް ތަންފީޛު ކުރަމުންދިޔަ 29 އަހަރު ދުވަހުގެ މުއްދަތަށްޖަލަށްލުމުގެ ޙުކުމްވެސް ވަނީ ބާޠިލް ކޮށްފައެވެ.