އިތުރު މީހަކު ރީހެބިލިޓޭޝަން އަމުރާޚިލާފުވުމުން ފަރުވާގެ ޕްރޮގްރާމުން ވަކިކޮށްފި
ޑްރަގް ކޯޓުގެ ނަންބަރު 80/DC/2012 ޤަޟިއްޔާގައި މ.މުލީ، ނޫރާނީގެ އަޙްމަދު ޝާހީނު ފަރުވާގެ ޕްރޮގްރާމް ފުރިހަމަކުރުމުގެތެރޭގައި، އިތުރުކުށެއް ނުކުރުމަށް އަޙްމަދު ޝާހީނުގެ މައްޗަށްކޮށްފައިވާ އަމުރާ ޚިލާފުވެ ތަކުރާރުކޮށް މީނާ ކުށްކޮށްފައިވާތީ، އޭނާގެ މައްޗަށް ކޮށްފައިވާ ރީހެބިލިޓޭޝަން އަމުރު ހުއްޓާލުމަށްފަހު، އޭނާގެ މައްޗަށް ކޮށްފައިވާ 03 އަހަރަށް ޖަލަށްލުމުގެ ޙުކުމް ތަންފީޛުކުރުމަށް އަމުރުކޮށްފިއެވެ.