ޑްރަގް ކޯޓުން ހާފްވޭ ހައުސްއަށް ޒިޔާރަތްކޮށްފި!
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ގާއިމުކުރެވިފައިވާ ހާފްވޭ ހައުސްގައި ފަރުވާގެ ޕްރޮގްރާމުތައް ހިނގަމުންދާ ގޮތް ބެލުމަށްޓަކައި، 23 މެއި 2022 ވަނަ ދުވަހު، ޑްރަގް ކޯޓުގެ ފަރާތުން އެ ސެންޓަރަށް ޒިޔާރަތް ކޮށްފިއެވެ.
މި ޒިޔާރަތުގައި، ހާފްވޭ ހައުސްގެ އިސްވެރިން އަދި މުވައްޒަފުންނާ ބައްދަލުކޮށް، ފަރުވާ ދިނުމުގައި ކުރިމަތިވާ މައްސަލަތަކާއި، އެ މައްސަލަތައް ހައްލު ކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރެވިފައިވެއެވެ. މީގެ އިތުރުން، ފަރުވާ ހޯދަމުންދާ ފަރާތްތަކާ ބައްދަލުކޮށް، އެފަރާތްތަކުގެ ފަރުވާގެ ކަންތައްތައް ކުރިއަށްދާ ގޮތް ބަލާފައިވެއެވެ.
ހާފްވޭ ހައުސްއަކީ ރެސިޑެންޝަލް ފަރުވާއެއް ފުރިހަމަ ކުރުމަށް ފަހު، ސީދާ މުޖުތަމަޢަށް ދޫކޮށްލުމުގެ ކުރިން، މުޖުތަމަޢުގައި އުޅެން ޖެހޭ ގޮތްތަކަށް ފަރުވާ ހޯދާ ފަރާތްތައް އަހުލުވެރިކުރުވުމަށް ޕްރޮގްރާމުތައް ހިންގޭ މަރުކަޒެކެވެ.