ފަރުވާދޭ މަރުކަޒަށް ޙާޟިރުނުވުމުން ފަރުވާގެ ޕްރޮގްރާމުން ވަކިކޮށްފި
ޑްރަގް ކޯޓުގެ ނަންބަރު 443/ DC/2012 ޤަޟިއްޔާގައި ސ. ހިތަދޫ ޓިއުލިޕްމާގެ ޢަބްދުﷲ ޒުބައިރުގެ މައްޗަށް ކޮށްފައިވާ ރީހެބިލިޓޭޝަން އަމުރުގެ ދަށުން ފަރުވާހޯދުމަށް ފަރުވާދޭ ސެންޓަރަށް ޙާޟިރުވުމަށް ނޭޝަނަލް ޑްރަގް އެޖެންސީން ތަކުރާރުކޮށް އެންގުމުންވެސް ޙާޟިރުވެފައިނުވާތީ އާއި ރީހެބިލިޓޭޝަން އަމުރުގައިވާ ކަންތައްތައް އޭގައި ބަޔާންކޮށްފައިވާ ގޮތަށް ކޮށްފައިނުވާތީ މިއަދު އޭނާގެ މައްޗަށް ކޮށްފައިވާ ރީހެބިލިޓޭޝަން އަމުރު ހުއްޓާލުމަށްފަހު، އޭނާގެ މައްޗަށް ކޮށްފައިވާ 03 އަހަރަށް ޖަލަށްލުމުގެ ޙުކުމް ތަންފީޛުކުރުމަށް އަމުރުކޮށްފިއެވެ.