ކޮމިއުނިޓީ ރީހެބިލިޓޭޝަން ހަމަސް ދުވަހުގެ ޕްރޮގްރާމު ފުރިހަމަކޮށްފި!
ޑްރަގް ކޯޓުން ފަރުވާގެ ޕްރޮގްރާމުގައި ބައިވެރިކޮށްފައިވާ ށ. ބިލެތްފަހި ދަނބުރުއްދޮށުގެ ޢަބްދުﷲ ޝަހީމް ކޮމިއުނިޓީ ރީހެބިލިޓޭޝަން ހަމަސްދުވަހުގެ ފަރުވާގެ ޕްރޮގްރާމު ފުރިހަމަކުރުމާއެކު އިއްޔެ އޭނާގެ މައްޗަށް ކޮށްފައިވާ ފުރަތަމަ ޙުކުމް ބާޠިލު ކުރުމަށްފަހު މިނިވަން ކުރުމަށް ކޯޓުން ފަހުގެ ޙުކުމް ކޮށްފިއެވެ.
ޢަބްދުﷲ ޝަހީމް ފަރުވާ ޕްރޮގްރާމް ފެށިފައިވަނީ 28 ޖުލައި 2013 ގައެވެ. ކޮމިޔުނިޓީ ރީހެބިލިޓޭޝަން 06 މަސް ދުވަހުގެ ފަރުވާ ޕްރޮގްރާމް ނިމުމާއެކު ޢަބްދުﷲ ޝަހީމްގެ މައްޗަށް ސާބިތުވެފައިވާ ޑައިމޯފިން ބޭނުންކުރުމުގެ ކުށުގެ ޙުކުމްވަނީ ބާޠިލުކުރެވިފައެވެ.