ޑްރަގް ކޯޓުގެ 6 ވަނަ އަހަރީ ޙަފުލާ ބާއްވައިފި!

                             Untitle2018  

                            ޑްރަގް ކޯޓު އުފެދުނުތާ 6 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަ ކުރުމަށް ޙަފުލާއެއް ބާއްވައިފިއެވެ. 18 އޮކްޓޯބަރު 2018 ވަނަ ދުވަހުގެ ރޭ ޑްރަގް ކޯޓުގައި ބޭއްވުނު މި ޙަފުލާގައި 2017 ވަނަ އަހަރު ޑްރަގް ކޯޓުން ހުރިހާ ގޮތަކުން އެންމެ ފާހަގަ ކުރެވޭ ނަމޫނާ މުވައްޒަފަށާއި، އެ އަހަރު ޙާޟިރީއަށް އެންމެ ރަނގަޅު މުވައްޒަފު ހޮވައި ޓްރޮފީއާއި ހަނދާނީ ލިޔުން ދެވުނެވެ. އަދި މީގެ އިތުރުން 2016 ވަނަ އަހަރު ޕާރފޯމަންސް އެޕްރައިޒަލް އިން 70 އިންސައްތައަށް ވުރެ މަތިން މާރކްސް ލިބުނު މުވައްޒަފުންނަށް ވެސް ހަނދާނީ ލިޔުން ދެވުނެވެ.

2017 ވަނަ އަހަރުގެ ނަމޫނާ މުވައްޒަފަކަށް ހޮވިފައިވަނީ ޕްރޮގްރާމް އޮފިސަރ އަލްފާޟިލާ ޝަރުމީލާ އިބްރާހީމެވެ. ޙާޟިރީއަށް އެންމެ ރަނގަޅު މުވައްޒަފުގެ ގޮތުގައި ހޮވިފައި ވަނީ ކޮމްޕިޔުޓަރ ޓެކްނީޝަން އިސްމާޢީލް ޝަރީފެވެ.