ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޑްރަގް ކޯޓަށް ޒިޔާރަތް ކުރެއްވުން

 photo 2020-10-20 13-20-47 2photo 2020-10-20 13-20-48photo 2020-10-20 13-20-47 
14 އޮކްޓޫބަރު 2020 ވަނަ ދުވަހު ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒްނާ، ޑްރަގް ކޯޓަށް ވަނީ ޒިޔާރަތެއް ކުރައްވާފައެވެ. އެކަމަނާގެ އަރިހުގައި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ބަޖެޓް ސެކްޝަނުގެ އިސްވެރިޔާ، އަލްފާޟިލް މުޙައްމަދު ޢަލީ އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ އެޗް.އާރުގެ އިސްވެރިޔާ އަލްފާޟިލާ މަރްޔަމް ރައުޝަން ވެސް ޑްރަގް ކޯޓަށް ވަޑައިގެންނެވިއެވެ.

މި ޒިޔާރަތުގައި، ޑްރަގް ކޯޓުގެ ހުރިހާ ފަނޑިޔާރުންނާ އިސްވެރިންނާއެކު އެކަމަނާ ބައްދަލުވުމެއް ބޭއްވެވިއެވެ. މި ޒިޔާރާތުގެ ބޭނުމަކީ ކޯޓުގެ މަސައްކަތްތައް ހިނގާގޮތް ބެއްލުވުމާއި ކޯޓަށް ދިމާވެފައިވާ ދަތިތަކާ ބެހޭގޮތުން މަޝްވަރާކުރުމެވެ.