ފަރުވާދޭ މަރުކަޒުތަކަށް ޒިޔާރަތް ކުރުން 2021

ޑްރަގް ކޯޓުގެ ޤާޟީން، ގދ.ތިނަދޫގެ ފަރުވާދޭ މަރުކަޒުގެ ވެރިންނާ ބައްދަލުކުރައްވަނީ

ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 96 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފަރުވާގެ ކަންކަން ހިނގާ ނުހިނގާ ބެލުމަށް، ޑްރަގް ކޯޓުގެ ޤާޟީންނާއި، މުވައްޒަފުންގެ ޓީމެއް މިއަހަރުގެ އޮކްޓޯބަރު މަހު ތެރޭގައި ފަރުވާދޭ މަރުކަޒުތަކަށް ވަނީ ޒިޔާރަތް ކޮށްފައެވެ.

މިގޮތުން، މި އަހަރުގެ ޒިޔާރަތުގައި، ފަރުވާދޭ ހުރިހާ މަރުކަޒެއް ހިމެނުނެވެ. އެއީ، ކ.ގުޅިފަޅުގައި ހުންނަ ޑްރަގް އޮފެންޑަރ ރިމާންޑު ސެންޓަރާއި، ކ.ހިންމަފުށީ ޑްރަގް ޓްރީޓްމެންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރާއި، ސ.ހިތަދޫއާއި، ޏ.ފުވައްމުލަކާއި، ގދ.ތިނަދޫގައި ގާއިމުކުރެވިފައިވާ ފަރުވާދޭ މަރުކަޒެވެ.

މި ދަތުރުތަކުގައި، މަރުކަޒުތަކުގެ ވެރިންނާއި، މުވައްޒަފުންނާ ބައްދަލުކޮށް، ފަރުވާ ދިނުމުގައި ކުރިމަތިވާ މައްސަލަތަކާއި، ރަނގަޅުކުރަން ހުރި ކަންކަމާ މެދު މަޝްވަރާ ކުރެވިފައިވެއެވެ. މީގެ އިތުރުން، ފަރުވާ ހޯދަމުންދާ ފަރާތްތަކާ ބައްދަލުކޮށް، އެފަރާތްތަކުގެ ފަރުވާގެ ކަންތައްތައް ކުރިއަށްދާ ގޮތް ބަލާފައިވެއެވެ.

ާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 96 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފަރުވާގެ ކަންކަން ހިނގާ ނުހިނގާ ބެލުމަށް، ޑްރަގް ކޯޓުގެ ޤާޟީންނާއި، މުވައްޒަފުންގެ ޓީމެއް މިއަހަރުގެ އޮކްޓޯބަރު މަހު ތެރޭގައި ފަރުވާދޭ މަރުކަޒުތަކަށް ވަނީ ޒިޔާރަތް ކޮށްފައެވެ.