ޑްރަގް ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންނަށް ވެބިނަރ ސީރީސްއެއް ފެށުން

Training Photo Training Photo 1 Training Photo 2 Training Photo 3

 

ނިއު ސައުތް ވޭލްސް ގެ ޖުޑީޝަލް ކޮމިޝަނާއި، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކެޑެމީ ގުޅިގެން ޑްރަގް ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންނަށް އަމާޒު ކޮށްގެން 3 ދުވަހުގެ ވެބިނަރ ސިރީސް އެއް ކުރިއަށް އެބަގެންދެއެވެ. މި ވެބިނަރ ސީރީސް ކުރިއަށް ގެންދާނީ 8 މާރޗް 2022، 15 މާރޗް 2022 އަދި 22 މާރޗް 2022 ގައެވެ.

މި ވެބިނަރ ސީރީސްގައި ނިއު ސައުތް ވޭލް ޑްރަގް ކޯޓާއި ވިކްޓޯރިއަން ފެމިލީ ޑްރަގް ކޯޓު އަދި ބްރޯޑްމެޑޯޒް ކުޑަކުދިންގެ ކޯޓުގެ ޕްރޮސިޖަރއާ ގުޅޭ މަޢުލޫމާތު ޙިއްސާކުރުމާއި ޑްރަގް ކޯޓުތައް ހިނގާގޮތާއި ރީހެބިލިޓޭޝަން އަމުރު ތަންފީޛު ކުރުމާއި ޑްރަގް މައްސަލަތައް ބެލުމުގައި ކޯޓުގެދައުރާ ބެހޭގޮތުން މަޢުލޫމާތު ޙިއްސާ ކުރުމުގެ އިތުރަށް ދިވެހިރާއްޖޭގެ ޑްރަގް ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުން ޑްރަގް މައްސަލަތަކަށް އިތުރަށް އަހުލުވެރި ކުރުމަށް ބޭނުންވާ ތަމްރީނުތައް ލިބިގެންދާނެއެވެ.