ޑްރަގް ކޯޓުން އެން.ޑީ.އޭ އާއުކު ބައްދަލުވުމެއް ބޭއްވުން

14 މާރޗް 2022 ވަނަ ދުވަހު ޑްރަގް ކޯޓުން ނޭޝަނަލް ޑްރަގް އެޖެންސީއާއެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވުނެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤުޞަދަކީ ކޯޓުގެ ޝަރުޢީ ސެކްޝަންތަކުން ކުރާ މަސައްކަތާއި ނެޝަނަލް ޑްރަގް އެޖެންސީއާ ގުޅުންހުރި ކަންކަމުގައި ދިމާވާ ދަތިތައް ހިއްސާކޮށް، އެކަންތައްތައް ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމެވެ.

މި ބައްދަލުވުމުގައި ކޯޓުގެ ފަނޑިޔާރުންނާއި ކަމާގުޅޭ ސެކްޝަންތަކުގެ އިސް މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ނޭޝަނަލް ޑްރަގް އޭޖެންސީގެ ފަރާތުން، އެ އޭޖެންސީގެ ބޯޑުގެ ޗެއަރމަން އާއި މިނިސްޓްރީ އޮފް ހެލްތުގެ ނައިބުގެ އިތުރުން ނޭޝަނަލް ޑްރަގް އޭޖެންސީގެ މި މަސައްކަތާ ގުޅުންހުރި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.