ޑްރަގް ކޯޓުގެ ވެބްސައިޓު އިފްތިތާޙް ކުރެވިއްޖެ
- ބުދަ, 27 ޖޫން 2012
ޑްރަގް ކޯޓު ވަގުތީގޮތުން ހިނގަމުން އަންނަ ފަންހިޔާ ބިލްޑިންގ ގައި 26 ޖޫން 2012 ވީ އަންގާރަ ދުވަހުގެ ރޭ މިކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތުގައި ވެބްސައިޓް އިފްތިތާޙުކޮށްދެއްވީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ފާއިޒު ޙުސައިންއެވެ. ވެބްސައިޓު އިފްތިތާޙުކޮށްދެއްވުމަށްފަހު އުއްތަ ފަނޑިޔާރު ދެއްކެވި ވާހަކަފުޅުގައި ޑްރަގް ކޯޓުގެ ވެބްސައިޓަކީ ކޯޓުން ކުރަމުންދާ މަސައްކަތްތަކުގެ ޞައްޙަ މަޢްލޫމާތު ދުވަހުންދުވަހަށް ފޯރުކޮށްދިނުމުގެ ވަސީލަތެއްގެ ގޮތުގައި ހެދުމުގެ ބޭނުންތެރިކަން ފާހަގަކުރެއްވިއެވެ.
ޑްރަގްކޯޓަށް ލިބިފައިވާ މައްސަލަތަކުގެ އިބްތިދާއީ އަޑުއެހުންތައް ބާއްވަން ފަށައިފި
- އަނގާރަ, 19 ޖޫން 2012
ޑްރަގް ކޯޓަށް ލިބިފައިވާ މައްސަލަތަކުގެ އިބްތިދާއީ އަޑުއެހުންތައް 17 ޖޫން 2012 ވީ އާދީއްތަ ދުވަހު ފަށައިފިއެވެ. މިގޮތުން ހެނދުނު 9:30އިން ފެށިގެން 04 އަޑުއެހުމެއް ވަނީ ބޭއްވިފައެވެ. އިބްތިދާއީ އަޑުއެހުމަކީ މައްސަލާގައި ހިމެނޭ ފަރާތުގެ ޝަރީޢަތް ފެށުމުގެ ކުރިން ކޯޓުން ޔަގީންކުރަންޖެހޭ ކަންތައްތައް ޔަގީންކުރުމަށް ބާއްވާ ބައްދަލުވުމެކެވެ
ކޮވިޑް-19 އާ ގުޅިގެން ޑްރަގް ކޯޓުގެ އަމުރު ހަވާލު ކުރުމުގެ ހިދުމަތާއި އެހެނިހެން ބައެއް ހިދުމަތްތަށް އޮންލައިންކޮށްފި.
- ހޮނިހިރު, 01 ޖެނުައަރީ 2011
މިދުވަސްވަރު ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19ގެ ސަބަބުން ޑްރަގް ކޯޓުގެ މުވައްޒަފުންނާއި ޑްރަގް ކޯޓުގެ އިޚްތިޞާޞް ހިނގާއެންމެހާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ޑްރަގް ކޯޓުން ނެރޭ އަމުރުތަށް އޮންލައިންކޮށް ފަސޭހައިން ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. މި ޕޯރޓަލް ފަރުމާކޮށް ޑިވްލޮޕް ކޮށްފައި ވަނީ މޯލްޑިވިސް ކޮމްޕިއުޓަރ ސޮސައިޓީ އެހީތެރިކަމާއެކު ޑްރަގް ކޯޓުގެ އިރުޝާދުގެ ދަށުންނެވެ.