2016 ވަނަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ ޢަދަދު %66 އަށް އިތުރު ވެއްޖެ!
- ބުރާސްފަތި, 29 ޑިސެމްބަރ 2016
2016 ވަނަ އަހަރު ޑްރަގް ކޯޓަށް ހުށެހެޅުނު މައްސަލަތަކުގެ އަދަދު އެހެން އަހަރުތަކާ ޚިލާފަށް ވަރަށް ބޮޑުތަން އިތުރު ވެއްޖެއެވެ. އެ ގޮތުން، މި އަހަރުގެ ތެރޭގައި ޖުމުލަ 1525 މައްސަލަ ހުށަހެޅިފައި ވެއެވެ. 2015 ވަނަ އަހަރު ހުށަހެޅުނު މައްސަލަތަކުގެ ޢަދަކަކީ، 914 އެވެ. އެހެން ކަމުން، މިއީ 2015 ވަނަ އަހަރަށް ވުރެ %66.8 އިތުރު މިންވަރެކެވެ.
ޑްރަގްކޯޓުގެ 2015 ވަނަ އަހަރުގެ އަހަރީ ޙަފްލާ ބާއްވައިފި
- އާދީއްތަ, 16 އޮކްޓޯބަރ 2016
ޑްރަގްކޯޓުގެ 2015 ވަނަ އަހަރުގެ އަހަރީ ޙަފްލާ 12 އޮކްޓޯބަރ 2016 ވީ ބުދަ ދުވަހު ބާއްވައިފިއެވެ. ޙަފްލާގައި 2015 ވަނަ އަހަރު ޑްރަގްކޯޓުގެ ނަމޫނާ މުވައްޒަފާއި ޙާޟިރީއަށް އެންމެ ރަނގަޅު މުވައްޒަފުގެ އިތުރުން ޕާފޯމަންސް އެޕްރެއިސަލް ފޯމުން 70 އިން ސައްތައަށް ވުރެ މަތިން ހޯދާފައިވާ މުވައްޒަފުންނަށް ހަނދާނީ ލިޔުމާއި ޓްރޮފީ ދީފައިވެއެވެ.
ވޭތުވެދިޔަ އަހަރުގެ ނަމޫނާ މުވައްޒަފަށް ހޮވިފައިވަނީ އެޑްމިނިސްޓްރޭޓިވް އޮފިސަރ އަލްފާޟިލް އިބްރާހީމް ޖާސިމެވެ. އަދި ޙާޟިރީއަށް އެންމެ ރަނގަޅު މުވައްޒަފަކަށް ހޮވިފައިވަނީ އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލްޢަލީ ޝަމީނެވެ.
ޑީ.ޓީ.އާރު.ސީ. ގައި ފަރުވާގެ ޕްރޮގްރާމު ކުރިއަށްދާ ގޮތް ބަލައިފި!
- އަނގާރަ, 30 އޯގަސްޓް 2016
ރީހެބިލިޓޭޝަން އަމުރުގެ ދަށުން ހިންގާ ފަރުވާގެ ޕްރޮގްރާމުތައް ކުރިއަށް ގެންދާ ގޮތް ބައްލަލާލެއްވުމަށް ޑްރަގް ކޯޓުގެ ފަނޑިޔާރުން، ޑްރަގް ޓްރީޓްމެންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރަށް ޒިޔާރަތް ކުރައްވައިފިއެވެ.
ކ.ހިންމަފުށީގައި ހުންނަ މި ފަރުވާ ދޭ މަރުކަޒަށް 24 އޯގަސްޓް 2016 ވީ ބުދަ ދުވަހު،
ބަންދުގައި ބަހައްޓައިގެން ޙާޟިރުކުރަންޖެހޭ މީހުންގެ ކަންތަކާ މެދު މަޝްވަރާ ކުރުމަށް މޯލްޑިސް ޕޮލިސް ސަރވިސް އާއެކު ބައްދަލުވުމެއް ބާއްވައިފި!
- ބުރާސްފަތި, 25 އޯގަސްޓް 2016
23 އޯގަސްޓް 2016 ވީ އަންގާރަ ދުވަހު، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޑްރަގް ކޯޓުން ބައްދަލުވުމެއް ބާއްވައިފިއެވެ. ޑްރަގް ކޯޓުގައި ބޭއްވުނު މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ އެކި މައްސަލަތަކުގައި ބަންދުގައި ބަހައްޓައިގެން ޑްރަގް ކޯޓަށް ޙާޟިރުކުރަންޖެހޭ މީހުން، ޙާޟިރުކުރުމުގައި އަޅަންޖެހޭ ފިޔަވަޅުތަކާ މެދުގައެވެ. އަދި މީގެ އިތުރުން ވެސް ދެ ފަރާތަށް މުހިންމުވާ އިތުރު ކަންކަމާ މެދު މަޝްވަރާކުރެވުނެވެ.
އިތުރު ލިޔުންތައް...
- ޑްރަގް ކޯޓުގެ މުވައްޒަފުންނަށް ޑައިބެޓީސް ސޮސައިޓީ ގެ ފަރާތުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ބާއްވައިފި!
- ޑްރަގް ކޯޓުގައި ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތެއް ބާއްވައިފި!
- ޑްރަގް ކޯޓުގެ ފަރާތުން ސ.ހިތަދޫގެ ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރަށް ޒިޔާރަތްކޮށްފި!
- ޑްރަގް ކޯޓުގެ ފަރާތުން ފުވައްމުލަކުގެ ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރަށް ޒިޔާރަތްކޮށްފި!
- ޑްރަގްކޯޓުގެ ފަރުވާ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި