ޑްރަގް ކޯޓުގެ މުވައްޒަފުންނަށް ޑައިބެޓީސް ސޮސައިޓީ ގެ ފަރާތުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ބާއްވައިފި!
- ހޯމަ, 22 އޯގަސްޓް 2016
ޑައިބެޓީސް ސޮސައިޓީގެ ފަރާތުން ހަކުރުބައްޔަށް އާންމުން ހޭލުންތެރި ކުރުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން ޑްރަގް ކޯޓުގެ މުވައްޒަފުންނަށް ޕްރޮގްރާމެއް ހިންގައިފިއެވެ.
18 އޯގަސްޓް 2016 ވީ ބުރާސްފަތި ދުވަހު ހިންގުނު ޕްރޮގްރާމްގައި ހަކުރު ބައްޔަށް ޓެސްޓްކޮށް ލޭގެ ޕްރެޝަރ ބެލުމާއި، ހަށިގަނޑުގެ ސަރުބީ ހުންނަ މިންވަރު ބެލުމުގެ އިތުރުން އިސްކޮޅާއި ގުޅުވައިގެން ބަރުދަން ހުންނަން ޖެހޭ މިންވަރު އަންގައިދިނުމާއި،
ޑްރަގް ކޯޓުގައި ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތެއް ބާއްވައިފި!
- ހޯމަ, 20 ޖޫން 2016
1437 ވަނަ އަހަރުގެ ރަމަޟާން މަސް އިޙްޔާކުރުމަށް ޑްރަގް ކޯޓުގެ ފަރާތުން 19 ޖޫން 2016 ވަނަ ދުވަހު ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތެއް ބާއްވައިފިއެވެ.
ޑްރަގް ކޯޓުގެ މުވައްޒަފުންނަށް އަދި މުވައްޒަފުންގެ އާއިލާ މެމްބަރުންގެ ތެރެއިން 10 އަހަރުން ދަށުގެ ކުދިންނަށް ފުރުޞަތު ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ޤުރުއާން މުބާރާތަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.
ޑްރަގް ކޯޓުގެ ފަރާތުން ސ.ހިތަދޫގެ ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރަށް ޒިޔާރަތްކޮށްފި!
- ހޯމަ, 28 ސެޕްޓެމްބަރ 2015
ނޭޝަނަލް ޑްރަގް އެޖެންސީން ސ. ހިތަދޫގައި ހިންގާ ޑްރަގް ޓްރީޓްމެންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރުގައި ފަރުވާ ހޯދަމުންދާ މީހުންގެ ފަރުވާގެ ޕްރޮގްރާމުތައް ހިނގާގޮތް ބެލުމަށްޓަކައި އެ ސެންޓަރަށް ޑްރަގް ކޯޓުގެ ފަރާތުން ޒިޔާރާތްކޮށްފިއެވެ.
13 ސެޕްޓެމްބަރު 2015 އިން 16 ސެޕްޓެމްބަރ 2015 އަށް ކުރި މި ޒިޔާރަތުގައި ވަޑައިގެންފައިވަނީ ކޯޓު ހިންގެވުމާ ޙަވާލުވެހުންނެވި ޤާޟީ އަލްއުސްތާޛު ޢަބްދުއްސައްތާރު ޢަބްދުލްޙަމީދާއި، ޤާޟީ އަލްއުސްތާޛު މުޙައްމަދު ޢީސާފުޅާއި، ލީގަލް އޮފިސަރު ފާޠިމަތު ތައުފީޤާއި ކޮމްޕިޔުޓަރު ޓެކްނީޝަން ޢަލީ ޝަމީނެވެ.
ޑްރަގް ކޯޓުގެ ފަރާތުން ފުވައްމުލަކުގެ ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރަށް ޒިޔާރަތްކޮށްފި!
- ބުދަ, 16 ސެޕްޓެމްބަރ 2015
ޏ.ފުވައްމުލަކުގައި ގާއިމުކުރެވިފައިވާ ޑްރަގް ޓްރީޓްމެންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރުގައި ފަރުވާ ހޯދަމުން ދާމީހުންގެ ފަރުވާގެ ޕްރޮގްރާމުތައް ހިނގާގޮތް ބެލުމަށްޓަކައި، އެސެންޓަރަށް ޑްރަގްކޯޓުގެ ފަރާތުން ޒިޔާރަތްކޮށްފިއެވެ.
އިތުރު ލިޔުންތައް...
- ޑްރަގްކޯޓުގެ ފަރުވާ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި
- ޑްރަގްކޯޓުގެ 2014 ވަނަ އަހަރުގެ ޙަފްލާ ބާއްވައިފި
- އިތުރު މީހަކު ފަރުވާގެ ޕްރޮގްރާމް ފުރިހަމަކޮށްފި
- ޑްރަގް ކޯޓުގެ އަހަރީ ރިޕޯޓު ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލަށް ހުށަހަޅައިފި!
- ޑްރަގް ކޯޓުގައި 3 އޮން 3 ނެޓްބޯޅަ މުބާރާތެއް ބާއްވައިފި!