ޑްރަގް ކޯޓުން އިންފޮމޭޝަން އޮފިސަރަކު ހަމަޖައްސައިފި
- އާދީއްތަ, 03 އޯގަސްޓް 2014
ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 36 ވަނަ މާއްދާގެ ދަށުން ޑްރަގް ކޯޓުގެ އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް، އެސިސްޓެންޓް ލީގަލް އޮފިސަރ އަލްއުސްތާޛް އިބްރާހީމް ޛިހުނީ ހަމައްޖައްސަވައިފިއެވެ.
އިތުރު މީހަކު ފަރުވާގެ ޕްރޮގްރާމް ފުރިހަމަކޮށްފި
- ބުރާސްފަތި, 24 ޖުލައި 2014
ޑްރަގް ކޯޓުން ފަރުވާގެ ޕްރޮގްރާމުގައި ބައިވެރިކޮށްފައިވާ އިތުރު މީހަކު ފަރުވާގެ ޕްރޮގްރާމު ފުރިހަމަކުރުމާއެކު އެ މީހާގެ މައްޗަށް ކޮށްފައިވާ ފުރަތަމަޙުކުމް ބާޠިލު ކުރުމަށްފަހު މިނިވަން ކުރުމަށް ކޯޓުން ފަހުގެޙުކުމް ކޮށްފިއެވެ. މިއަދ ފަހުގެޙުކުމް ކުރެވިފައިވަނީ ޏ.ފުވައްމުލައް ދިލްއާރާމުގޭ، އަޙްމަދު ސިޔާދުގެ މައްޗަށެވެ.
ރީހެބިލިޓޭޝަން އަމުރާޚިލާފުވުމުން ފަރުވާގެ ޕްރޮގްރާމު ހުއްޓާލައިފި
- ބުދަ, 23 ޖުލައި 2014
ޑްރަގް ކޯޓުގެ ނަންބަރު 42/DC/2012 ޤަޟިއްޔާގައި ކ.މާލޭ، ހ.ހަންޑްރެޑްފްލާވަރ މުޙައްމަދު ރިޒްވާން ޑްރަގްކޯޓުގެ ފަރުވާ ޕްރޮގްރާމްގައި ބައިވެރިވާފަރާތްތަކުގެ މައްޗަށް ކުރެވޭ ޝަރުޠުތަކާއި ޚިލާފުވުމުން އޭނާ ފަރުވާގެ ޕްރޮގްރާމުން ވަކިކޮށްފިއެވެ. މުޙައްމަދު ރިޒުވާން ފަރުވާގެ ޕްރޮގްރާމް ފުރިހަމަ ކުރުމުގެ ތެރޭގައި މުޙައްމަދު ރިޒުވާންގެ މައްޗަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ކުށެއްގެ
އިތުރު ތިން މީހަކު ފަރުވާގެ ޕްރޮގްރާމް ފުރިހަމަކޮށްފި
- ބުދަ, 09 ޖުލައި 2014
ޑްރަގް ކޯޓުން ފަރުވާގެ ޕްރޮގްރާމުގައި ބައިވެރިކޮށްފައިވާ އިތުރު 03 މީހަކު ފަރުވާގެ ޕްރޮގްރާމު ފުރިހަމަކުރުމާއެކު އެ މީހުންގެ މައްޗަށް ކޮށްފައިވާ ފުރަތަމަޙުކުމް ބާޠިލު ކުރުމަށްފަހު މިނިވަން ކުރުމަށް ކޯޓުން ފަހުގެޙުކުމް ކޮށްފިއެވެ. ފަހުގެޙުކުމް ކުރެވިފައިވަނީ ގދ.ގައްދޫ ދަތުރުނާގޭ، އިސްމާޢީލް ނަވާޒް ސަޢީދު އާއި ގދ.ފަރެސްމާތޮޑާ ސަންރައިސް، އަޙްމަދު ފިރުޝާން އަދި ކ.މާލެ މ.ފޯރމޫންސް، ޙަސަން ފަޔާޟްގެ މައްޗަށެވެ.