ޑްރަގް ކޯޓުގައި 3 އޮން 3 ނެޓްބޯޅަ މުބާރާތެއް ބާއްވައިފި!
- އަނގާރަ, 02 ޑިސެމްބަރ 2014
27 ނޮވެމްބަރ 2014 ވީ ބުރާސްފަތި ދުވަހު ޑްރަގް ކޯޓުގެ ރިކްރިއޭޝަން ކްލަބްގެ ފަރާތުން އިންތިޒާމްކޮށްގެން 03 އޮން 03 ނެޓްބޯޅަ މުބާރާތެއް ބާއްވައިފިއެވެ. ޒުވާނުންގެ މަރުކަޒުގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި 03 ޓީމެއް ބައިވެރިވެފައިވެއެވެ. މި މުބާރާތުގައި ބައިވެރިވެފައިވަނީ ހަސްފަސް، ކްރެސެންޓް އަދި ސަފާޔާސް އެވެ.
16ޑިސެމްބަރ 2014 އިން ފެށިގެން އެމަހުގެ ނިޔަލަށް ޑްރަގް ކޯޓު ރިސެސްއަށް ދަނީ!
- އާދީއްތަ, 30 ނޮވެމްބަރ 2014
ޑްރަގް ކޯޓުގެ ކަލަންޑަރުގައިވާ ގޮތުގެ މަތީންް މިއަހަރު ގެ ޑިސެމްބަރ 16 ވަނަ ދުވަހުން ފެށިގެން އެ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ޑްރަގް ކޯޓު ރިސެސް އަށް ދިއުމަށް ކޯޓު ގެ ޤާޟީންގެ މަޖިލީހުން ނިންމަވައިފިއެވެ. ރިސެސްގެ މުއްދަތުގައި، މައްސަލަ ހިންގުން ފިޔަވައި ކުރިޔެކޭ ވެސް އެއްގޮތަށް އެހެން ހުރިހާ ޚިދްމަތްތަކެއް ދެވޭނެވާހަކަ ދެންނެވީމެވެެ.
ޑްރަގް ކޯޓުގެ މުވައްޒަފުންނަށް ދިވެހި ބަހުގެ ތަމުރީނު ޕްރޮގްރާމެއް ހިންގިއްޖެ!
- އާދީއްތަ, 02 ނޮވެމްބަރ 2014
ދިވެހި ބަހުގެ ޤަވާޢިދާއި ހަމަތަކުގެ ތަމުރީނު ޕްރޮގްރާމެއް ޑްރަގް ކޯޓުގެ މުވައްޒަފުންނަށް މިއަދު ހިންގިއްޖެއެވެ. ދިވެހި ބަހުގެ އެކަޑެމީއާ ގުޅިގެން ބޭއްވުނު މި ޕްރޮގްރާމުގައި މަޢުލޫމާތު ދެއްވާފައިވަނީ އެކަޑެމީގެ ނާއިބު ރައީސް އަލްފާޟިލާ ރާފިޢަތު ޢަބްދުލްޤާދިރާއި، މަޝްހޫރު އުސްތާޛު އަލްފާޟިލް ޢަބްދުﷲ ޞާދިޤެވެ.
ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޓެރެއިނިންގ މާލަމުގައި ކުރިއަށްދިޔަ މި ސެޝަނުގައި ޑްރަގް ކޯޓުގެ 14 މުވައްޒަފަކު ވަނީ ބައިވެރިވެފައެވެ. ބާކީ ތިބި މުވައްޒަފުންނަށް މީގެ ދެވަނަ ބުރެއް އަދި ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
އިތުރު 02 މީހަކު ފަރުވާގެ ޕްރޮގްރާމް ފުރިހަމަކޮށްފި
- އާދީއްތަ, 26 އޮކްޓޯބަރ 2014
ޑްރަގް ކޯޓުން ފަރުވާގެ ޕްރޮގްރާމުގައި ބައިވެރިކޮށްފައިވާ އިތުރު 02 މީހަކު ފަރުވާގެ ޕްރޮގްރާމު ފުރިހަމަކުރުމާއެކު އެ މީހުންގެ މައްޗަށް ކޮށްފައިވާ ފުރަތަމަޙުކުމް ބާޠިލު ކުރުމަށްފަހު މިނިވަން ކުރުމަށް ކޯޓުން ފަހުގެޙުކުމް ކޮށްފިއެވެ. ފަހުގެޙުކުމް ކުރެވިފައިވަނީ ޅ.ނައިފަރު، ވެލްކަމްގޭޓް މުޙައްމަދު ސަމާޢު އާއި ގދ.ތިނަދޫ، އަލިހަނދުވަރު ޙަސަން ޝަހުމްގެ މައްޗަށެވެ.
އިތުރު ލިޔުންތައް...
- އިތުރު މީހަކު ރީހެބިލިޓޭޝަން އަމުރާޚިލާފުވުމުން ފަރުވާގެ ޕްރޮގްރާމުން ވަކިކޮށްފި
- ޑްރަގް ކޯޓާއި އެން.ޑީ.އޭ ބައްދަލުވުމެއް ބާއްވައިފި!
- ޑްރަގް ކޯޓު ހިންގެވުން ވަގުތީ ގޮތުން ޤާޟީ އަލްއުސްތާޛު ޢަބްދުއްސައްތާރު ޢަބްދުލްޙަމީދުއާ ޙަވާލުކުރައްވައިފި!
- އިތުރު މީހަކު ރީހެބިލިޓޭޝަން އަމުރާޚިލާފުވުމުން ފަރުވާގެ ޕްރޮގްރާމުން ވަކިކޮށްފި
- އިތުރު 04 މީހަކު ފަރުވާގެ ޕްރޮގްރާމް ފުރިހަމަކޮށްފި