ފަރުވާދޭ މަރުކަޒުތަކަށް ޒިޔާރަތް ކުރުން 2021
- އާދީއްތަ, 12 ޑިސެމްބަރ 2021
ޑްރަގް ކޯޓުގެ ޤާޟީން، ގދ.ތިނަދޫގެ ފަރުވާދޭ މަރުކަޒުގެ ވެރިންނާ ބައްދަލުކުރައްވަނީ
ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 96 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފަރުވާގެ ކަންކަން ހިނގާ ނުހިނގާ ބެލުމަށް، ޑްރަގް ކޯޓުގެ ޤާޟީންނާއި، މުވައްޒަފުންގެ ޓީމެއް މިއަހަރުގެ އޮކްޓޯބަރު މަހު ތެރޭގައި ފަރުވާދޭ މަރުކަޒުތަކަށް ވަނީ ޒިޔާރަތް ކޮށްފައެވެ.
މި އަހަރު ވެސް ޑްރަގް ކޯޓު ރިސެސްއަކަށް ނުދާނެ!
- ބުރާސްފަތި, 09 ޑިސެމްބަރ 2021
މި މަހުގެ 9 ން 31 އަށް ރިސެސްއަށް ދިއުމަށް އަހަރީ ކަލަންޑަރުގައި ކުރިން ތާވަލު ކުރެވިފައި ވީނަމަވެސް، މި މުއްދަތުގައި ރިސެސްއަށް ނުދާން ޑްރަގް ކޯޓުން ކަނޑައަޅައިފިއެވެ.
އިއްޔެ އޮތް ފަނޑިޔާރުންގެ މަޖިލީހުގައި މި ކަމާ މެދު މަޝްވަރާ ކުރެއްވުމަށް ފަހު، ހުރިހާ ފަނޑިޔާރުންގެ އިއްތިފާޤުން މި ގޮތަށް ނިންމަވާފައި ވަނީ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އަދިވެސް ދެމިއޮތުމުން ހަލުވިމިނެއްގައި މައްސަލަތައް ކުރިއަށް ގެންދިއުމަށް ދަތިތައް ކުރިމަތިވެފައި ވުމާއެކު، މިވަގުތު ރިސެސްއަށް ހިނގައްޖެނަމަ ޝަރީޢަތްތައް އިތުރަށް ލަސްވެދާނެކަމަށް ފެނިވަޑައިގަންނަވާތީ، އެކަމަށް ރިޢާޔަތްކޮށެވެ
2020 ގައި ވެސް، މި ސަބަބުތަކަށްޓަކައި، ޑްރަގް ކޯޓުން ރިސެސްއަށް ގޮސްފައެއް ނުވެއެވެ.
ޑްރަގް ކޯޓު ރިސެސްއަށް ނުދާން ނިންމައިފި
- ބުރާސްފަތި, 10 ޑިސެމްބަރ 2020
މި މަހުގެ 11 ން 31 އަށް ރިސެސްއަށް ދިއުމަށް ކުރިން ތާވަލު ކުރެވިފައި ވީނަމަވެސް، ރިސެސްއަށް ނުދާން ޑްރަގް ކޯޓުން ނިންމައިފިއެވެ. މިގޮތަށް ނިންމީ މިއަދު ބޭއްވި ޑްރަގް ކޯޓުގެ ފަނޑިޔާރުންގެ ޢާއްމު މަޖިލީހުގެ އިއްތިފާޤުންނެވެ. މި ނިންމުން ނިންމާފައިވަނީ، ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ކޯޓުގެ ޝަރީޢަތްތައް އެކަށީގެންވާ ހަލުވިމިނެއްގައި ކުރިއަށް ގެންދިއުމަށް ދަތިތައް ކުރިމަތިވެފައި ވުމާއެކު، މިވަގުތު ރިސެސްއަށް ހިނގައްޖެނަމަ ޝަރީޢަތްތައް އިތުރަށް ލަސްވެދާނެކަމަށް ފެނިވަޑައިގަންނަވާތީ، އެކަމަށް ރިޢާޔަތްކޮށެވެ.
މި މަހުގެ 11 ން 31 އަށް ރިސެސްއަށް ދިއުމަށް ކުރިން ތާވަލު ކުރެވިފައި ވީނަމަވެސް، ރިސެސްއަށް ނުދާން ޑްރަގް ކޯޓުން ނިންމައިފިއެވެ. މިގޮތަށް ނިންމީ މިއަދު ބޭއްވި ޑްރަގް ކޯޓުގެ ފަނޑިޔާރުންގެ ޢާއްމު މަޖިލީހުގެ އިއްތިފާޤުންނެވެ. މި ނިންމުން ނިންމާފައިވަނީ، ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ކޯޓުގެ ޝަރީޢަތްތައް އެކަށީގެންވާ ހަލުވިމިނެއްގައި ކުރިއަށް ގެންދިއުމަށް ދަތިތައް ކުރިމަތިވެފައި ވުމާއެކު، މިވަގުތު ރިސެސްއަށް ހިނގައްޖެނަމަ ޝަރީޢަތްތައް އިތުރަށް ލަސްވެދާނެކަމަށް ފެނިވަޑައިގަންނަވާތީ، އެކަމަށް ރިޢާޔަތްކޮށެވެ.
ނޭޝަނަލް ޑްރަގް އޭޖެންސީ ޑެޕިޔުޓީ ޑިރެކްޓަރ ޖެނެރަލް އަލީ ޝަރީފް ޑްރަގް ކޯޓަށް ޒިޔާރަތް ކުރެއްވުން
- ހޯމަ, 26 އޮކްޓޯބަރ 2020
ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނަފްސާނީ ދުޅަހެޔޮ ދުވަހުގެ މުނާސަބާ ފާހަގަ ކުރުމަށް މިއަހަރު ޝިއާރާ ގުޅޭގޮތުން، ނޭޝަނަލް ޑްރަގް އޭޖެންސީ ކުރިއަށް ގެންދިޔުމަށް ރޭވިފައިވައި ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ އެންމެ ގާތުން އެހީތެރިކަން ފޯރުކޮށްދޭ މުއްސަސަސާތަކަށް ދިނުމަށް ހަމަޖެހިފައިވާ "ކައިންޑްނަސް ގެސްޗަރ" ޑްރަގް ކޯޓަށް ދިނުމަށް ޑެޕިޔުޓީ ޑިރެކްޓަރ ޖެނެރަލް އަލީ ޝަރީފް، 21 އޮކްޓޫބަރު 2020 ވަނަ ދުވަހު ވަނީ ޒިޔާރަތެއް ކުރައްވާފައެވެ. އެމަނިކުފާނު އަރިހުގައި، އެސިސްޓެންޓް ޑިރެކްޓަރ ޢާއިޝަތު ޝިޔުނާ އަދި ލީގަލް އޮފިސަރ އަހްމަދު ޙިލްމީ ވެސް ޑްރަގް ކޯޓަށް ވަޑައިގެންނެވިއެވެ.
މި ޒިޔާރަތުގައި، ޑްރަގް ކޯޓުގެ ބައެއް ފަނޑިޔާރުންނާ އިސްވެރިންނާއެކު އެމަނިކުފާނު ބައްދަލުވުމެއް ބޭއްވެވިއެވެ.
އިތުރު ލިޔުންތައް...
- ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޑްރަގް ކޯޓަށް ޒިޔާރަތް ކުރެއްވުން
- ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑްރަގް ކޯޓަށް ޒިޔާރަތް ކުރެއްވުން
- ކޮވިޑް-19 އާ ގުޅިގެން ޑްރަގް ކޯޓުގެ އަމުރު ހަވާލު ކުރުމުގެ ހިދުމަތާއި އެހެނިހެން ބައެއް ހިދުމަތްތަށް އޮންލައިންކޮށްފި.
- ޑްރަގް ކޯޓުގެ 7 ވަނަ އަހަރީ ޙަފުލާ ބާއްވައިފި!
- ޑްރަގް ކޯޓުގެ 6 ވަނަ އަހަރީ ޙަފުލާ ބާއްވައިފި!