ޑްރަގް ކޯޓަށް އިސްޤާޟީއަކު ހަމަޖައްސަވައިފި!

މި މެއި މަހުގެ 28 ވަނަ ދުވަހުން ފެށިގެން، ޑްރަގް ކޯޓުގެ އިސްޤާޟީ ކަމަށް، ޤާޟީ އަލްއުސްތާޛު ޢަބްދުއްސައްތާރު ޢަބްދުލްޙަމީދު ހަމަޖައްސަވައިފިއެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ފަރާތުން، މިގޮތަށް ނިންމަވާފައިވަނީ، ޑްރަގް ކޯޓުގެ އިސްޤާޟީ ކަމުގެ މަޤާމަށް ކުރިމަތިލުމަށް އެ ކޮމިޝަނުން ހުޅުވާލި ފުރުޞަތުގައި، އެކަމަށް ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަރވިޔުކުރެއްވުމަށް ފަހުގައެވެ.

މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު އުފެދުނު ޑްރަގް ކޯޓަށް، އިސްގާޟީއެއް ޢައްޔަން ކުރެވުނު މިއީ ފުރަތަމަ ފަހަރެވެ. މިހާ ތަނަށް، ކޯޓު ހިންގަމުން ގޮސްފައިވަނީ، ވަގުތީ ގޮތުން ކޯޓު ހިންގެވުމާ ޙަވާލުކުރައްވައިގެންނެވެ.