ޑްރަގް ކޯޓުގެ މުވައްޒަފުންނަށް ދަރުހެއް ބާއްވައިފި!
- އާދީއްތަ, 24 އޭޕްރީލް 2022
ބަރަކާތްތެރި ރަމަޟާން މަހާ ގުޅިގެން ޑްރަގް ކޯޓު ރިކްރިއޭޝަން ކޮމެޓީގެ ފަރާތުން ކޯޓުގެ މުވައްޒަފުންނަށް ދީނީ ދަރުސް ސެޝަނެއް ބާއްވައިފިއެވެ.
21 އޭޕްރީލް 2022 ވީ ބުރާސްފަތި ދުވަހު ކުރިއަށް ގެންދެވުނު މި ސެޝަނުގައި ދަރުސް ދެއްވީ އައްޝައިޚް ޙަސަން ލަޠީފެވެ. މި ދަރުސްގައި ފަހުދިހައިގެ މާތްކަމާއި، މި ދުވަސްތަކުގައި އުޅުން ބަހައްޓަންވީ ގޮތާ ބެހޭގޮތުން މުހިންމު މަޢުލޫމާތުތަކެއް ދީފައިވެއެވެ. ކޯޓުގެ ޤާޟީންނާއި މުވައްޒަފުން ދަރުސް ގައި ބައިވެރިވެފައިވެއެވެ.