ޑްރަގް ކޯޓުން ޑްރަގް ޓްރީޓްމެންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރަށް ޒިޔާރަތްކޮށްފި!


ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 96 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފަރުވާގެ ކަންކަން ހިނގާ ނުހިނގާ ބެލުމަށް، 29 މެއި 2022 ވަނަ ދުވަހު ޑްރަގް ކޯޓުގެ ޤާޟީންނާއި މުވައްޒަފުންގެ ޓީމެއް ކ.ހިންމަފުށީގައި ގާއިމްކުރެވިފައިވާ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރަށް ޒިޔާރަތް ކޮށްފިއެވެ.

މި ޒިޔާރަތުގައި، ޑްރަގް ކޯޓުގެ ފަރާތުން ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގެ މުވައްޒަފުންނާ ބައްދަލުކޮށް، ފަރުވާ ދިނުމުގައި ކުރިމަތިވާ މައްސަލަތަކާއި، ރަނގަޅުކުރަން ހުރި ކަންކަމާ މެދު މަޝްވަރާ ކުރެވިފައިވެއެވެ. މީގެ އިތުރުން، ފަރުވާ ހޯދަމުންދާ ފަރާތްތަކާ ބައްދަލުކޮށް، އެފަރާތްތަކުގެ ފަރުވާގެ ކަންތައްތައް ކުރިއަށްދާ ގޮތް ބަލާފައިވެއެވެ.