ޑްރަގް ކޯޓުގެ 2019 އަދި 2021 ވަނަ އަހަރުގެ އަހަރީ ޙަފުލާ

9 ސެޕްޓެމްބަރ 2022 ވަނަ ދުވަހުގެ ރޭ މިނިސްޓްރީ އޮފް ހެލްތް ގެ މޫމިނާ ހަލީމް މާލަމް ގައި ބޭއްވުނު މި ޙަފުލާގެ ޝަރަފްވެރިކޮށްދެއްވީ ހެލްތް މިނިސްޓްރީގެ، ޑެޕިއުޓީ ހެލްތް މިނިސްޓަރ އަލްފާޟިލް ޝަމާޢު ޝަރީފެވެ. މި ޙަފުލާގައި 2019 ވަނަ އަހަރުން ފެށިގެން ޑްރަގް ކޯޓުގައި މަސައްކަތް ކުރެއްވި މުވައްޒަފުންގެ އިތުރުން، ޑްރަގް ކޯޓަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވަފައިވާ ކޯޓުގެ ކުރީގެ ފަނޑިޔާރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.