ޢަބްދުއްސައްތާރު ޢަބްދުލްޙަމީދުއަކީ މިޞްރުގެ އަލްއަޒްހަރު ޔުނިވަރސީޓީން އިސްލާމީ ޝަރީޢަތާއި ޤާނޫނު ކިޔަވައިވިދާޅުވެފައިވާ ބޭފުޅެކެވެ. އަދި، އޭގެ ފަހުން ވިލާ ކޮލެޖުން އިސްލާމީ ޝަރީޢަތުން ވަނީ މާސްޓާރސް ހައްދަވާފައެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ، 3 ޖެނުއަރީ 2010 ގައި ލިބިވަޑައިގަތެވެ.
2011 ވަނަ އަހަރު، މަސްތުވާތަކެއްޗާބެހޭ އާ ޤާނޫނުގެ ދަށުން ޑްރަގް ކޯޓު ޤާއިމުކުރެވި، ކޯޓުގެ ޤާޟީއެއްގެ ގޮތުގައި، 23 ފެބްރުއަރީ 2012 ގައި، ޢައްޔަން ކުރެވުނެވެ. އަދި، އެއަށް ފަހު، 2018 ގައި، ޑްރަގް ކޯޓުގެ އިސްޤާޟީގެ މަޤާމު ލިބިވަޑައިގަތެވެ. ޢަބްދުއްސައްތާރު ޢަބްދުލްޙަމީދަކީ ޑްރަގް ކޯޓުގެ އެންމެ ފުރަތަމަ އިސްޤާޟީއެވެ.