ޑްރަގް ކޯޓު ، ޢިއްޒުއްދީންމަގު, 20324

3018556

އާދީއްތަ - ބުރާސްފަތި 08:00 - 14:00

ފޯމުތައް

ޑްރަގް ކޯޓަށް ހުށަހަޅަން ޖެހޭ ކަންކަން މައިގަނޑު ގޮތެއްގައި ހުށަހެޅެނީ އެ ކަމަށް ޚާއްޞަ ކުރެވިފައިވާ ފޯމުންނެވެ. އޭގެ ތެރޭގައި، އިންޑިކޭޓިވް އެސެސްމަންޓް ރިޕޯޓު ހަދައި ނިމުމުގެ ކުރިން މާލެއިން ފުރައިގެންދިޔުމުގެ ހުއްދައަށް އެދުމާއި، ފަރުވާގެ ޕްރޮގްރާމަށް ބަދަލުގެނައުމާއި، ވަކީލަކު ޢައްޔަން ކުރުމާއި، ރާއްޖެއިން ބޭރުގެ މަރުކަޒަކުން ފަރުވާ ހޯދުމަށް އެދުން ފަދަ ކަންކަން ހިމެނެއެވެ.

އިތުރަށް ވިދާޅުވުމަށް

ކަމެއް ސާފުކުރެއްވުމަށް

ޑްރަގް ކޯޓުގެ ކަމަކާ ގުޅިގެން ކަމެއް ސާފުކުރައްވަން ބޭނުންފުޅު ނަމަ، މި ސައިޓު މެދުވެރިކޮށް ހުށަހެޅުމުން އެ ކަމުގައި ކަންތައް ކުރިއަށްދާ ގޮތް ވީ އެންމެ އަވަހަކަށް ސާފުކޮށްދިނުމަށް އަޅުގަނޑުމެން މަސައްކަތްކުރާނަމެވެ. ސައިޓުން ދޭ މަޢުލޫމާތުން ބޭނުންވާ މަޤްޞަދު ޙާޞިލު ނުވާ ނަމަ، ގުޅުއްވައިގެން ނުވަތަ ކޯޓަށް ވަޑައިގެން އެ ކަމެއް ސާފުކޮށްލެވިދާނެއެވެ.

އިތުރަށް ވިދާޅުވުމަށް

އިޚްތިޞާޞް ލިބޭ މައްސަލަތައް

ޑްރަގް ކޯޓުން ބަލާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ 4 ބާވަތެކެވެ. އެއީ މަސްތުވާތަކެތި ބޭނުންކުރުމާއި، މަސްތުވާތަކެތި ޕެޑްލްކުރުމާއި، މަސްތުވާތަކެތީގެ ނުފޫޒުގައި ހުރެގެން ކުރާ ޖިނާއީ ކުށުގެ މައްސަލައާއި، މަސްތުވާތަކެތީގެ މައްސަލައިގައި ޙުކުމް ތަންފީޒުކުރަމުންދާ މީހުންގެ މައްސަލައެވެ. މިއިން ކޮންމެ ބާވަތެއް ވެސް ކޯޓަށް ބަލައިގަތުމުގައި ޚާއްޞަ އިތުރު ޝަރުޠުތަކެއް ބޭނުންވެއެވެ.

އިތުރަށް ވިދާޅުވުމަށް

ފަރުވާގެ ޕްރޮގްރާމުތައް

ޑްރަގް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި ދަޢުވާ ލިބޭ މީހުން ފުރިހަމަކުރަން ޖެހޭ ފަރުވާގެ ޕްރޮގްރާމުތަކަކީ ނޭޝަނަލް ޑްރަގް އޭޖެންސީން ތައްޔާރުކުރާ ޕްރޮގްރާމުތަކެކެވެ. މީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ދެ ބާވަތެއްގެ ޕްރޮގްރާމެކެވެ. އެއީ ފަރުވާދޭ ސެންޓަރުގައި ތިބެގެން ކުރިއަށް ގެންދެވޭ އިންހައުސް ޕްރޮގްރާމުތަކާއި، މުޖުތަމަޢުގައި ތިބިގެން ކުރިއަށް ގެންދެވޭ ޕްރޮގްރާމުތަކެވެ.

އިތުރަށް ވިދާޅުވުމަށް

ޑްރަގް ކޯޓުގެ ތަޢާރުފު

ޑްރަގް ކޯޓަކީ މައިގަނޑު ގޮތެއްގައި، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން އެ ކަމުން ދުރުކޮށް، ރަނގަޅު ބަޔެއްގެ ގޮތުގައި ހަދައި، އަލުން އަނބުރާ މުޖުތަމަޢަށް ގެނައުމަށް ކުރެވޭ މަސައްކަތުގެ ޤާނޫނީ ދައުރު އަދާކުރުމަށް، ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު)ގެ ދަށުން އުފެދިފައިވާ، ވަކި ޚާއްޞަ އިޖްރާއާތުތަކެއް ލިބިފައިވާ ސުޕީރިއަރ ކޯޓެކެވެ.

ޑްރަގް ކޯޓުގެ މަޤްޞަދު

1- ކޯޓުގެ އިޚްތިޞާޞް ހިނގާ މީހުން، މަސްތުވާތަކެއްޗަށް ބޭނުންވާ ނިސްބަތް މަދުކުރުން.

2- ކޯޓުގެ އިޚްތިޞާޞް ހިނގާ މީހުން، މަސްތުވާތަކެއްޗަށް ދެވިހިފާފައިވުމުގެ ސަބަބުން މަސްތުވާތަކެއްޗަށް ބޭނުންވާ ނިސްބަތް ދެމެހެއްޓުމަށްޓަކައި ކުށަށް އަރައިގަތުން މަދުކުރުން.

3- ކޯޓުގެ އިޚްތިޞާޞް ހިނގާމީހުން ޒިންމާދާރު ރައްޔިތުންގެ ގޮތުގައި މުޖުތަމަޢުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުން.

ފަހުގެ ޚަބަރުތައް

އޮފީސް ހުންނަތަން

ޑްރަގް ކޯޓު ، ޢިއްޒުއްދީންމަގު
މާލެ / ދިވެހިރާއްޖެ ، 20324

އަޅުގަނޑުމެންނާ ގުޅުއްވުމަށް

ފޯން ނަންބަރ: 3018556
admin@drugcourt.gov.mv

އޮފީސް ގަޑި

އާދިއްތަ - ބުރާސްފަތި 08:00 - 14:00
ހުކުރު އަދި ހޮނިހިރު ބަންދު