އޮކްޓޫބާރ
2026
މުވައްޒަފުންގެ އަގުވަޒަން ކުރުމަށް ސްޓާފު ނައިޓެއް ބާއްވައިފި!
ޑްރަގް ކޯޓުގެ މުވައްޒަފުންގެ ޚިދުމަތުގެ އަގުވަޒަންކޮށް، މަސައްކަތުގެ ރޫޙު އާލާ ކުރުމަށް ސްޓާފް ނައިޓްގެ ގޮތުގައި ޚާއްސަ ޙަފްލާއެއް ބޭއްވިއްޖެއެެވެ.
2 އޮކްޓޯބަރު 2026 ވަނަ ދުވަހުގެ ރޭ ބޭއްވުނު މި ޙަފްލާގައި، 2025 ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ ރަނގަޅު ނަމޫނާ މުވައްޒަފާއި އެ އަހަރު ހާޒިރީއަށް އެންމެ ރަނގަޅު މުވައްޒަފުން ހޮވައި ޓްރޮފީއާއި ހަނދާނީ ލިޔުން ދެވުނެވެ. އަދި ޑްރަގް ކޯޓުގައި 10 އަހަރުވީ މުވައްޒަފުންގެ އަގުވަޒަންކޮށް އެ ފަރާތްތަކަށް ޓްރޮފީއާއި ހަނދާނީ ލިޔުން ދެވުނެވެ. މީގެ އިތުރުން، 2025 ވަނަ އަހަރު ޕާރފޯމަންސް އެޕްރައިޒަލް އިން 70 އިންސައްތައަށް ވުރެ މަތިން މާރކްސް ލިބުނު މުވައްޒަފުންނަށް ވެސް ހަނދާނީ ލިޔުން ދެވުނެވެ.
2025 ވަނަ އަހަރުގެ ނަމޫނާ މުވައްޒަފަކަށް ހޮވިފައިވަނީ ސީނިއަރ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޢާއިޝަތު ޙަސީނާއެވެ. އަދި ހާޒިރީއަށް އެންމެ ރަނގަޅު މުވައްޒަފުގެ ގޮތުގައި 4 މުވައްޒަފަކު ހޮވިފައިވެއެވެ. އެއީ، ކޯޓު ލީގަލް އެސިސްޓެންޓް އިސްޙާޤް އަމީން އާއި ސީނިއަރ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އެސިސްޓެންޓް ޢާއިޝަތު ޙަސީނާ އަދި އެސިސްޓެންޓް ޑިރެކްޓަރ ހިޝްމާ ޙަސަންގެ އިތުރުން ކޯޓު ލީގަލް އޮފިސަރ ޢާއިޝަތު ޝިފްލާ އެވެ.
މި ޙަފުލާގައި ޑްރަގް ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު ޢަބްދުއްސައްތާރު ޢަބްދުލްޙަމީދުއާއި، ކޯޓުގެ އެހެން ޤާޟީން ވެސް ބައިވެރިވެޑައިގަތެވެ.
