ޑްރަގް ކޯޓުގެ ފަރާތުން ކޮމިޔުނިޓީ ސަރވިސް ސެންޓަރަށް ޒިޔާރަތްކޮށްފި!

 

ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 96 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފަރުވާގެ ކަންކަން ހިނގާ ނުހިނގާ ބެލުމަށް، ޑްރަގް ކޯޓުގެ ޤާޟީންނާއި މުވައްޒަފުންގެ ޓީމެއް ނޭޝަނަލް ޑްރަގް އޭޖެންސީގެ ކޮމިއުނިޓީ ސަރވިސް ސެންޓަރަށް ޒިޔާރަތް ކޮށްފިއެވެ.

 

މި ޒިޔާރަތުގައި، ޑްރަގް ކޯޓުގެ ފަރާތުން ކޮމިއުނިޓީ ސަރވިސް ސެންޓަރުގެ މުވައްޒަފުންނާ ބައްދަލުކޮށް، ފަރުވާ ދިނުމުގައި ކުރިމަތިވާ މައްސަލަތަކާއި، ރަނގަޅުކުރަން ހުރި ކަންކަމާ މެދު މަޝްވަރާ ކުރެވިފައިވެއެވެ. މީގެ އިތުރުން، ފަރުވާ ހޯދަމުންދާ ފަރާތްތަކާ ބައްދަލުކޮށް، އެފަރާތްތަކުގެ ފަރުވާގެ ކަންތައްތައް ކުރިއަށްދާ ގޮތް ބަލާފައިވެއެވެ.

 

މީގެ އިތުރުން ފަރުވާ ޕްރޮގްރާމްތައް ހިނގަމުންދާގޮތް ބެލުމަށްޓަކައި، މި އަހަރުތެރޭ އިތުރު މަރުކަޒުތަކަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.