ޑްރަގްކޯޓުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި ނެޝަނަލް ޑްރަގް އެޖެންސީ އަދި ދިވެހިފުލުހުންގެ ޚިދުމަތާއެކު ބައްދަލުވުމެއް ބޭއްވުން

DC-PG Meeting foto 2DC-PG Meeting photo 1

9 އޮގަސްޓް 2022 ވަނަ ދުވަހު ޑްރަގް ކޯޓުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި ނެޝަނަލް ޑްރަގް އެޖެންސީ އަދި ދިވެހިފުލުހުންގެ ޚިދުމަތާއެކު މަޝްވަރާ ބައްދަލުވުމެއް

ބާއްވައިފިއެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤުޞަދަކީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 63 ވަނަ މާއްދާގެ (ރ) ގެ 1 ވަނަ ނަންބަރުގައިވާ ފަދައިން، ކުށުގެ ދަޢުވާ އުފުލިފައިވާ މީހުން ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރުގައި ބަންދުކުރުމާގުޅޭ ކަންކަން އިންތިޒާމު ކުރުމާމެދު މަޝްވަރާ ކުރުމެވެ.

މި ބައްދަލުވުމުގައި ކޯޓުގެ ފަނޑިޔާރުން އަދި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ޑެޕިއުޓީ ޕްރިސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޢަލީ ޞަމީރުގެ އިތުރުން އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ނާޝިދު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ނެޝަނަލް ޑްރަގް އެޖެންސީ އާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.