"އަންޑަސްޓޭންޑިންގ އޮފް އެޑިކްޝަން އެންޑް ރިކަވަރީ ފޮރ ބެޓަރ ސަރވިސް ޑެލިވަރ" ގެ ނަމުގައި މަޢުލޫމާތު ސެޝަނެއް ބޭއްވުން

ޑްރަގް ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންނަށް އަމާޒުކޮށް "އަންޑަސްޓޭންޑިންގ އޮފް އެޑިކްޝަން އެންޑް ރިކަވަރީ ފޮރ ބެޓަރ ސަރވިސް ޑެލިވަރ" ގެ ނަމުގައި އިންފޮރމޭޝަން ސެޝަނެއް، 03 ސެޕްޓެމްބަރ 2022 ގައި ބާއްވައިފިއެވެ.

މި ސެޝަން ބޭއްވިފައިވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޓްރެއިނިންގ ހޯލުގައެވެ. މި ސެޝަން ނަންގަވައިދެއްވީ ޖަރނީގެ ފަރާތުން ގްލޯބަލް ޑްރަގް ޑިމާންޑް ރިޑަކްޝަން މާސްޓަރ ޓްރެއިނަރ ޢަލީ އަދީބެވެ.

މި ސެޝަންގައި މަސްތުވާތަކެއްޗަށް ދެވިހިފުމުން ދޭ ފަރުވާތަކާ ގުޅޭގޮތުން މުވައްޒަފުން ހޭލުންތެރި ކުރުމަށްޓަކައި މުހިންމު މަޢުލޫމާތުތަކެއް ޙިއްސާކުރެވުނެވެ.