ފަރުވާދޭ މަރުކަޒުތަކަށް ޒިޔާރަތް ކުރުން 2022

ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 96 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފަރުވާގެ ކަންކަން ހިނގާ ނުހިނގާ ބެލުމަށް، ޑްރަގް ކޯޓުގެ ޤާޟީންނާއި، މުވައްޒަފުންގެ ޓީމެއް 06 ނޮވެމްބަރ 2022 އިން 17 ނޮވެމްބަރ 2022 އަށް ފަރުވާދޭ މަރުކަޒުތަކަށް ވަނީ ޒިޔާރަތް ކޮށްފައެވެ.

މިގޮތުން ސ.ހިތަދޫ އާއި ޏ.ފުވައްމުލަކުގައި ގާއިމުކޮށްފައިވާ ޑްރަގް ޓްރީޓްމެންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރާއި ސ.ހުޅުމީދޫގައި ގާއިމްކޮށްފައިވާ ވިލުނޫ ސެންޓަރުގެ އިތުރުން ގއ.ވިލިނގިލީގައި ގާއިމްކުރެވިފައިވާ ދަގެނާ ކޮމިއުނިޓީ ރީހެބިލިޓޭޝަން ސެންޓަރާއި ގދ.ތިނަދޫގައި ގާއިމުކުރެވިފައިވާ ޑްރަގް ޑިޓޮކްސިފިކޭޝަން ކޮމިޔުނިޓީ ރީހެބިލިޓޭޝަން ސެންޓަރު ހިމެނެއެވެ.

މި ދަތުރުތަކުގައި، މަރުކަޒުތަކުގެ ވެރިންނާއި، މުވައްޒަފުންނާ ބައްދަލުކޮށް، ފަރުވާ ދިނުމުގައި ކުރިމަތިވާ މައްސަލަތަކާއި، ރަނގަޅުކުރަން ހުރި ކަންކަމާ މެދު މަޝްވަރާ ކުރެވިފައިވެއެވެ. މީގެ އިތުރުން، ފަރުވާ ހޯދަމުންދާ ފަރާތްތަކާ ބައްދަލުކޮށް، އެފަރާތްތަކުގެ ފަރުވާގެ ކަންތައްތައް ކުރިއަށްދާ ގޮތް ބަލާފައިވެއެވެ.