"ޓްރޭނިންގ އެންޑް ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމް ފޮރ ޖުޑީޝަލް ނޯމްސް" ގައި ޑްރަގްކޯޓުގެ ފަނޑިޔާރުން ބައިވެރިވެވަޑައިގެންނެވުން
- ހޯމަ, 19 ޑިސެމްބަރ 2022
ނެޝަނަލް ޖުޑީޝަލް އިންސްޓިޓިއުޓް އޮފް އިންޑިއާ އިން ކުރިއަށް ގެންދެވި "ޓްރޭނިންގ އެންޑް ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމް ފޮރ ޖުޑީޝަލް ނޯމްސް" ގައި ޑްރަގް ކޯޓުގެ 3 ޤާޟީއަކު ވަނީ ބައިވެރިވަޑައިގެންފައެވެ. 12 ޑިސެމްބަރު 2022 އިން 16 ޑިސެމްބަރުގެ ނިޔަލަށް އިންޑިޔާގެ ބޯޕާލުގައި އޮތް މި ތަމުރީނު ޕްރޮގްރާމުގައި ކޯޓުގެ ފަރާތުން ބައިވެރިވެޑައިގަތީ އިސްޤާޟީ އަލްއުސްތާޛު ޢަބްދުއްސައްތާރު ޢަބްދުލްޙަމީދުއާއި، ޤާޟީ އައްޝައިޚް މުޙައްމަދު ނައީމުއާއި، ޤާޟީ އަލްއުސްތާޛު އާދަމް އާރިފު އެވެ.
މި ޕްރޮގްރާމުގައި، ޤާނޫނުއަސާސީއާއި، ޖިނާއީ ޤާނޫނާއި، މަދަނީ ޤާނޫނާއި، ހެއްކާބެހޭ ޤާނޫނާއި، ތިމާވެށީގެ ޤާނޫނާއި، ސައިބަރ ކުށްތަކާއި، ކޭސް މެނޭޖުމަންޓާއި، ފަނޑިޔާރުންގެ ސުލޫކާ ބެހޭ ގޮތުން، އިންޑިޔާގެ ތަޖުރިބާކާރުން މަޢުލޫމާތު ދެއްވާފައިވެއެވެ.
ފަރުވާދޭ މަރުކަޒުތަކަށް ޒިޔާރަތް ކުރުން 2022
- އަނގާރަ, 22 ނޮވެމްބަރ 2022
ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 96 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފަރުވާގެ ކަންކަން ހިނގާ ނުހިނގާ ބެލުމަށް، ޑްރަގް ކޯޓުގެ ޤާޟީންނާއި، މުވައްޒަފުންގެ ޓީމެއް 06 ނޮވެމްބަރ 2022 އިން 17 ނޮވެމްބަރ 2022 އަށް ފަރުވާދޭ މަރުކަޒުތަކަށް ވަނީ ޒިޔާރަތް ކޮށްފައެވެ.
ޑްރަގް ކޯޓުގެ 2019 އަދި 2021 ވަނަ އަހަރުގެ އަހަރީ ޙަފުލާ ބާއްވައިފި!
- އާދީއްތަ, 02 އޮކްޓޯބަރ 2022
ޑްރަގް ކޯޓު ގެ 2019 އަދި 2021 ވަނަ އަހަރުގެ އަހަރީ ދުވަހުގެ މުނާސަބަތު ފާހަގަ ކުރުމަށް ޙަފުލާއެއް ބާއްވައިފިއެވެ. 2020 ވަނަ އަހަރުގެ އަހަރީދުވަހުގެ މި ޙަފްލާ ބޭއްވިފައި ނުވަނީ އެ ދުވަސްވަރު މުޅި ދުނިޔެއަށް ކުރިމަތިވި ކޯވިޑު-19ގެ ވަބާގެ ސަބަބުންނެވެ.
29 ސެޕްޓެމްބަރ 2022 ވަނަ ދުވަހުގެ ރޭ މިނިސްޓްރީ އޮފް ހެލްތް ގެ މޫމިނާ ހަލީމް މާލަމް ގައި ބޭއްވުނު މި ޙަފުލާގެ ޝަރަފްވެރިކޮށްދެއްވީ ހެލްތް މިނިސްޓްރީގެ، ޑެޕިއުޓީ ހެލްތް މިނިސްޓަރ އަލްފާޟިލް ޝަމާޢު ޝަރީފެވެ. މި ޙަފުލާގައި 2019 ވަނަ އަހަރުން ފެށިގެން ޑްރަގް ކޯޓުގައި މަސައްކަތް ކުރެއްވި މުވައްޒަފުންގެ އިތުރުން، ޑްރަގް ކޯޓަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވަފައިވާ ކޯޓުގެ ކުރީގެ ފަނޑިޔާރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
"އަންޑަސްޓޭންޑިންގ އޮފް އެޑިކްޝަން އެންޑް ރިކަވަރީ ފޮރ ބެޓަރ ސަރވިސް ޑެލިވަރ" ގެ ނަމުގައި މަޢުލޫމާތު ސެޝަނެއް ބޭއްވުން
- ބުދަ, 07 ސެޕްޓެމްބަރ 2022
ޑްރަގް ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންނަށް އަމާޒުކޮށް "އަންޑަސްޓޭންޑިންގ އޮފް އެޑިކްޝަން އެންޑް ރިކަވަރީ ފޮރ ބެޓަރ ސަރވިސް ޑެލިވަރ" ގެ ނަމުގައި އިންފޮރމޭޝަން ސެޝަނެއް، 03 ސެޕްޓެމްބަރ 2022 ގައި ބާއްވައިފިއެވެ.
އިތުރު ލިޔުންތައް...
- ޝަރުޠުތަކުގެ ގަވާއިދު އުވާލުން
- ޑްރަގްކޯޓުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި ނެޝަނަލް ޑްރަގް އެޖެންސީ އަދި ދިވެހިފުލުހުންގެ ޚިދުމަތާއެކު ބައްދަލުވުމެއް ބޭއްވުން
- ޑްރަގް ކޯޓުން ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރަށް ޒިޔާރަތްކޮށްފި!
- ޑްރަގް ކޯޓުން ހާފްވޭ ހައުސްއަށް ޒިޔާރަތްކޮށްފި!
- ޑްރަގް ކޯޓުގެ ފަރާތުން ކޮމިޔުނިޓީ ސަރވިސް ސެންޓަރަށް ޒިޔާރަތްކޮށްފި!