މި އަހަރު ވެސް ޑްރަގް ކޯޓު ރިސެސްއަކަށް ނުދާނެ!

މި މަހުގެ 9 ން 31 އަށް ރިސެސްއަށް ދިއުމަށް އަހަރީ ކަލަންޑަރުގައި ކުރިން ތާވަލު ކުރެވިފައި ވީނަމަވެސް، މި މުއްދަތުގައި ރިސެސްއަށް ނުދާން ޑްރަގް ކޯޓުން ކަނޑައަޅައިފިއެވެ.

އިއްޔެ އޮތް ފަނޑިޔާރުންގެ މަޖިލީހުގައި މި ކަމާ މެދު މަޝްވަރާ ކުރެއްވުމަށް ފަހު، ހުރިހާ ފަނޑިޔާރުންގެ އިއްތިފާޤުން މި ގޮތަށް ނިންމަވާފައި ވަނީ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އަދިވެސް ދެމިއޮތުމުން ހަލުވިމިނެއްގައި މައްސަލަތައް ކުރިއަށް ގެންދިއުމަށް ދަތިތައް ކުރިމަތިވެފައި ވުމާއެކު، މިވަގުތު ރިސެސްއަށް ހިނގައްޖެނަމަ ޝަރީޢަތްތައް އިތުރަށް ލަސްވެދާނެކަމަށް ފެނިވަޑައިގަންނަވާތީ، އެކަމަށް ރިޢާޔަތްކޮށެވެ

2020 ގައި ވެސް، މި ސަބަބުތަކަށްޓަކައި، ޑްރަގް ކޯޓުން ރިސެސްއަށް ގޮސްފައެއް ނުވެއެވެ.

ޑްރަގް ކޯޓު ރިސެސްއަށް ނުދާން ނިންމައިފި

 މި މަހުގެ 11 ން 31 އަށް ރިސެސްއަށް ދިއުމަށް ކުރިން ތާވަލު ކުރެވިފައި ވީނަމަވެސް، ރިސެސްއަށް ނުދާން ޑްރަގް ކޯޓުން ނިންމައިފިއެވެ. މިގޮތަށް ނިންމީ މިއަދު ބޭއްވި ޑްރަގް ކޯޓުގެ ފަނޑިޔާރުންގެ ޢާއްމު މަޖިލީހުގެ އިއްތިފާޤުންނެވެ. މި ނިންމުން ނިންމާފައިވަނީ، ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ކޯޓުގެ ޝަރީޢަތްތައް އެކަށީގެންވާ ހަލުވިމިނެއްގައި ކުރިއަށް ގެންދިއުމަށް ދަތިތައް ކުރިމަތިވެފައި ވުމާއެކު، މިވަގުތު ރިސެސްއަށް ހިނގައްޖެނަމަ ޝަރީޢަތްތައް އިތުރަށް ލަސްވެދާނެކަމަށް ފެނިވަޑައިގަންނަވާތީ، އެކަމަށް ރިޢާޔަތްކޮށެވެ.

ނޭޝަނަލް ޑްރަގް އޭޖެންސީ ޑެޕިޔުޓީ ޑިރެކްޓަރ ޖެނެރަލް އަލީ ޝަރީފް ޑްރަގް ކޯޓަށް ޒިޔާރަތް ކުރެއްވުން

NDA 1NDA 2NDA 3

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނަފްސާނީ ދުޅަހެޔޮ ދުވަހުގެ މުނާސަބާ ފާހަގަ ކުރުމަށް މިއަހަރު ޝިއާރާ ގުޅޭގޮތުން، ނޭޝަނަލް ޑްރަގް އޭޖެންސީ ކުރިއަށް ގެންދިޔުމަށް ރޭވިފައިވައި ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ އެންމެ ގާތުން އެހީތެރިކަން ފޯރުކޮށްދޭ މުއްސަސަސާތަކަށް ދިނުމަށް ހަމަޖެހިފައިވާ "ކައިންޑްނަސް ގެސްޗަރ" ޑްރަގް ކޯޓަށް ދިނުމަށް ޑެޕިޔުޓީ ޑިރެކްޓަރ ޖެނެރަލް އަލީ ޝަރީފް، 21 އޮކްޓޫބަރު 2020 ވަނަ ދުވަހު ވަނީ ޒިޔާރަތެއް ކުރައްވާފައެވެ. އެމަނިކުފާނު އަރިހުގައި، އެސިސްޓެންޓް ޑިރެކްޓަރ ޢާއިޝަތު ޝިޔުނާ އަދި ލީގަލް އޮފިސަރ އަހްމަދު ޙިލްމީ ވެސް ޑްރަގް ކޯޓަށް ވަޑައިގެންނެވިއެވެ.

މި ޒިޔާރަތުގައި، ޑްރަގް ކޯޓުގެ ބައެއް ފަނޑިޔާރުންނާ އިސްވެރިންނާއެކު އެމަނިކުފާނު ބައްދަލުވުމެއް ބޭއްވެވިއެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޑްރަގް ކޯޓަށް ޒިޔާރަތް ކުރެއްވުން

 photo 2020-10-20 13-20-47 2photo 2020-10-20 13-20-48photo 2020-10-20 13-20-47

14 އޮކްޓޫބަރު 2020 ވަނަ ދުވަހު ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒްނާ، ޑްރަގް ކޯޓަށް ވަނީ ޒިޔާރަތެއް ކުރައްވާފައެވެ. އެކަމަނާގެ އަރިހުގައި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ބަޖެޓް ސެކްޝަނުގެ އިސްވެރިޔާ، އަލްފާޟިލް މުޙައްމަދު ޢަލީ އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ އެޗް.އާރުގެ އިސްވެރިޔާ އަލްފާޟިލާ މަރްޔަމް ރައުޝަން ވެސް ޑްރަގް ކޯޓަށް ވަޑައިގެންނެވިއެވެ.

އިތުރަށް ވިދާޅުވުމަށް...