ކޮވިޑް-19 އާ ގުޅިގެން ޑްރަގް ކޯޓުގެ އަމުރު ހަވާލު ކުރުމުގެ ހިދުމަތާއި އެހެނިހެން ބައެއް ހިދުމަތްތަށް އޮންލައިންކޮށްފި.

މިދުވަސްވަރު ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19ގެ ސަބަބުން ޑްރަގް ކޯޓުގެ މުވައްޒަފުންނާއި ޑްރަގް ކޯޓުގެ އިޚްތިޞާޞް ހިނގާ އެންމެހާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ޑްރަގް ކޯޓުން ނެރޭ އަމުރުތައް އޮންލައިންކޮށް ފަސޭހައިން ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. މި ޕޯރޓަލް ފަރުމާކޮށް ޑިވްލޮޕް ކޮށްފައި ވަނީ މޯލްޑިވިސް ކޮމްޕިއުޓަރ ސޮސައިޓީ އެހީތެރިކަމާއެކު ޑްރަގް ކޯޓުގެ އިރުޝާދުގެ ދަށުންނެވެ.

އިތުރަށް ވިދާޅުވުމަށް...

ޑްރަގް ކޯޓުގެ 7 ވަނަ އަހަރީ ޙަފުލާ ބާއްވައިފި!

ޑްރަގް ކޯޓު އުފެދުނުތާ 7 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަ ކުރުމަށް ޙަފުލާއެއް ބާއްވައިފިއެވެ. 01 އޮގަސްޓް 2019 ވަނަ ދުވަހުގެ ރޭ މޯލްޑިވްސް ކަސްޓަމްސް ބިލްޑިންގ ގައި ބޭއްވުނު މި ޙަފުލާގައި 2018 ވަނަ އަހަރު ޑްރަގް ކޯޓުން ހުރިހާ ގޮތަކުން އެންމެ ފާހަގަ ކުރެވޭ ނަމޫނާ މުވައްޒަފަށާއި، އެ އަހަރު ޙާޟިރީއަށް އެންމެ ރަނގަޅު މުވައްޒަފުން ހޮވައި ޓްރޮފީއާއި ހަނދާނީ ލިޔުން ދެވުނެވެ. އަދި މީގެ އިތުރުން 2018 ވަނަ އަހަރު ޕާރފޯމަންސް އެޕްރައިޒަލް އިން 70 އިންސައްތައަށް ވުރެ މަތިން މާރކްސް ލިބުނު މުވައްޒަފުންނަށާއި، އައުޓް ސްޓޭންޑިންގ އެވޯޑްގެ ނަމުގައި 6 މުވައްޒަފަކަށް ހަނދާނީ ލިޔުން ދެވުނެވެ.

އިތުރަށް ވިދާޅުވުމަށް...

ޑްރަގް ކޯޓުގެ 6 ވަނަ އަހަރީ ޙަފުލާ ބާއްވައިފި!

                             Untitle2018  

                            ޑްރަގް ކޯޓު އުފެދުނުތާ 6 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަ ކުރުމަށް ޙަފުލާއެއް ބާއްވައިފިއެވެ. 18 އޮކްޓޯބަރު 2018 ވަނަ ދުވަހުގެ ރޭ ޑްރަގް ކޯޓުގައި ބޭއްވުނު މި ޙަފުލާގައި 2017 ވަނަ އަހަރު ޑްރަގް ކޯޓުން ހުރިހާ ގޮތަކުން އެންމެ ފާހަގަ ކުރެވޭ ނަމޫނާ މުވައްޒަފަށާއި، އެ އަހަރު ޙާޟިރީއަށް އެންމެ ރަނގަޅު މުވައްޒަފު ހޮވައި ޓްރޮފީއާއި ހަނދާނީ ލިޔުން ދެވުނެވެ. އަދި މީގެ އިތުރުން 2016 ވަނަ އަހަރު ޕާރފޯމަންސް އެޕްރައިޒަލް އިން 70 އިންސައްތައަށް ވުރެ މަތިން މާރކްސް ލިބުނު މުވައްޒަފުންނަށް ވެސް ހަނދާނީ ލިޔުން ދެވުނެވެ.

އިތުރަށް ވިދާޅުވުމަށް...

ޑްރަގް ކޯޓަށް އިތުރު ޤާޟީއަކު ހަމަޖައްސަވައިފި!

ކްރިމިނަލް ކޯޓުގެ ޤާޟީކަމުގައި ހުންނެވި މ.އަފްޒާ، އަލްއުސްތާޛު މުޙްތާޒް ފަހްމީ 12 އޮގަސްޓް 2018 އިން ފެށިގެން ޑްރަގް ކޯޓުގެ ޤާޟީ ކަމުގެ މަޤާމަށް ހަމަޖައްސަވައިފިއެވެ.

ކްރިމިނަލް ކޯޓުގެ ޤާޟީކަމުގައި ދިގު މުއްދަތަކަށް މަސައްކަތް ކުރެއްވި އަލްއުސްތާޛު މުޙްތާޒް ފަހްމީ ޑްރަގް ކޯޓަށް ބަދަލުކުރެއްވުމާއެކު ޑްރަގްކޯޓުގައި މިވަގުތު ޖުމްލަ 6 ޤާޟީން މަސައްކަތް ކުރައްވަމުން އެބަގެންދަވައެވެ..