ޑްރަގް ކޯޓަށް އިސްޤާޟީއަކު ހަމަޖައްސަވައިފި!
- އަނގާރަ, 29 މޭ 2018
މި މެއި މަހުގެ 28 ވަނަ ދުވަހުން ފެށިގެން، ޑްރަގް ކޯޓުގެ އިސްޤާޟީ ކަމަށް، ޤާޟީ އަލްއުސްތާޛު ޢަބްދުއްސައްތާރު ޢަބްދުލްޙަމީދު ހަމަޖައްސަވައިފިއެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ފަރާތުން، މިގޮތަށް ނިންމަވާފައިވަނީ، ޑްރަގް ކޯޓުގެ އިސްޤާޟީ ކަމުގެ މަޤާމަށް ކުރިމަތިލުމަށް އެ ކޮމިޝަނުން ހުޅުވާލި ފުރުޞަތުގައި، އެކަމަށް ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަރވިޔުކުރެއްވުމަށް ފަހުގައެވެ.
މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު އުފެދުނު ޑްރަގް ކޯޓަށް، އިސްގާޟީއެއް ޢައްޔަން ކުރެވުނު މިއީ ފުރަތަމަ ފަހަރެވެ. މިހާ ތަނަށް، ކޯޓު ހިންގަމުން ގޮސްފައިވަނީ، ވަގުތީ ގޮތުން ކޯޓު ހިންގެވުމާ ޙަވާލުކުރައްވައިގެންނެވެ.
ޑްރަގް ކޯޓުގެ 5 ވަނަ އަހަރީ ޙަފުލާ ބާއްވައިފި!
- އަނގާރަ, 24 އޮކްޓޯބަރ 2017
ޑްރަގް ކޯޓު އުފެދުނުތާ 5 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަ ކުރުމަށް ޙަފުލާއެއް ބާއްވައިފިއެވެ. 19 އޮކްޓޯބަރު 2017 ވަނަ ދުވަހުގެ ރޭ ޑްރަގް ކޯޓުގައި ބޭއްވުނު މި ޙަފުލާގައި 2016 ވަނަ އަހަރު ޑްރަގް ކޯޓުން ހުރިހާ ގޮތަކުން އެންމެ ފާހަގަ ކުރެވޭ ނަމޫނާ މުވައްޒަފަށާއި، އެ އަހަރު ޙާޟިރީއަށް އެންމެ ރަނގަޅު މުވައްޒަފު ހޮވައި ޓްރޮފީއާއި ހަނދާނީ ލިޔުން ދެވުނެވެ. އަދި މީގެ އިތުރުން 2016 ވަނަ އަހަރު ޕާރފޯމަންސް އެޕްރައިޒަލް އިން 70 އިންސައްތައަށް ވުރެ މަތިން މާރކްސް ލިބުނު މުވައްޒަފުންނަށް ވެސް ހަނދާނީ ލިޔުން ދެވުނެވެ.
2016 ވަނަ އަހަރުގެ ނަމޫނާ މުވައްޒަފަކަށް ހޮވިފައިވަނީ އެސިސްޓެންޓް ލީގަލް އޮފިސަރ އަލްއުސްތާޛާ ފާޠިމަތު ތައުފީޤެވެ. ޙާޟިރީއަށް އެންމެ ރަނގަޅު މުވައްޒަފުގެ ގޮތުގައި ހޮވިފައި ވަނީ އެސިސްޓެންޓް ޑިރެކްޓަރ ޢަލީ ޝަމީންއެވެ.
2016 ވަނަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ ޢަދަދު %66 އަށް އިތުރު ވެއްޖެ!
- ބުރާސްފަތި, 29 ޑިސެމްބަރ 2016
2016 ވަނަ އަހަރު ޑްރަގް ކޯޓަށް ހުށެހެޅުނު މައްސަލަތަކުގެ އަދަދު އެހެން އަހަރުތަކާ ޚިލާފަށް ވަރަށް ބޮޑުތަން އިތުރު ވެއްޖެއެވެ. އެ ގޮތުން، މި އަހަރުގެ ތެރޭގައި ޖުމުލަ 1525 މައްސަލަ ހުށަހެޅިފައި ވެއެވެ. 2015 ވަނަ އަހަރު ހުށަހެޅުނު މައްސަލަތަކުގެ ޢަދަކަކީ، 914 އެވެ. އެހެން ކަމުން، މިއީ 2015 ވަނަ އަހަރަށް ވުރެ %66.8 އިތުރު މިންވަރެކެވެ.
ޑްރަގްކޯޓުގެ 2015 ވަނަ އަހަރުގެ އަހަރީ ޙަފްލާ ބާއްވައިފި
- އާދީއްތަ, 16 އޮކްޓޯބަރ 2016
ޑްރަގްކޯޓުގެ 2015 ވަނަ އަހަރުގެ އަހަރީ ޙަފްލާ 12 އޮކްޓޯބަރ 2016 ވީ ބުދަ ދުވަހު ބާއްވައިފިއެވެ. ޙަފްލާގައި 2015 ވަނަ އަހަރު ޑްރަގްކޯޓުގެ ނަމޫނާ މުވައްޒަފާއި ޙާޟިރީއަށް އެންމެ ރަނގަޅު މުވައްޒަފުގެ އިތުރުން ޕާފޯމަންސް އެޕްރެއިސަލް ފޯމުން 70 އިން ސައްތައަށް ވުރެ މަތިން ހޯދާފައިވާ މުވައްޒަފުންނަށް ހަނދާނީ ލިޔުމާއި ޓްރޮފީ ދީފައިވެއެވެ.
ވޭތުވެދިޔަ އަހަރުގެ ނަމޫނާ މުވައްޒަފަށް ހޮވިފައިވަނީ އެޑްމިނިސްޓްރޭޓިވް އޮފިސަރ އަލްފާޟިލް އިބްރާހީމް ޖާސިމެވެ. އަދި ޙާޟިރީއަށް އެންމެ ރަނގަޅު މުވައްޒަފަކަށް ހޮވިފައިވަނީ އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލްޢަލީ ޝަމީނެވެ.
އިތުރު ލިޔުންތައް...
- ޑީ.ޓީ.އާރު.ސީ. ގައި ފަރުވާގެ ޕްރޮގްރާމު ކުރިއަށްދާ ގޮތް ބަލައިފި!
- ބަންދުގައި ބަހައްޓައިގެން ޙާޟިރުކުރަންޖެހޭ މީހުންގެ ކަންތަކާ މެދު މަޝްވަރާ ކުރުމަށް މޯލްޑިސް ޕޮލިސް ސަރވިސް އާއެކު ބައްދަލުވުމެއް ބާއްވައިފި!
- ޑްރަގް ކޯޓުގެ މުވައްޒަފުންނަށް ޑައިބެޓީސް ސޮސައިޓީ ގެ ފަރާތުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ބާއްވައިފި!
- ޑްރަގް ކޯޓުގައި ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތެއް ބާއްވައިފި!
- ޑްރަގް ކޯޓުގެ ފަރާތުން ސ.ހިތަދޫގެ ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރަށް ޒިޔާރަތްކޮށްފި!