ޑްރަގް ކޯޓުގެ ފަރާތުން ސ.ހިތަދޫގެ ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރަށް ޒިޔާރަތްކޮށްފި!
- ހޯމަ, 28 ސެޕްޓެމްބަރ 2015
ނޭޝަނަލް ޑްރަގް އެޖެންސީން ސ. ހިތަދޫގައި ހިންގާ ޑްރަގް ޓްރީޓްމެންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރުގައި ފަރުވާ ހޯދަމުންދާ މީހުންގެ ފަރުވާގެ ޕްރޮގްރާމުތައް ހިނގާގޮތް ބެލުމަށްޓަކައި އެ ސެންޓަރަށް ޑްރަގް ކޯޓުގެ ފަރާތުން ޒިޔާރާތްކޮށްފިއެވެ.
13 ސެޕްޓެމްބަރު 2015 އިން 16 ސެޕްޓެމްބަރ 2015 އަށް ކުރި މި ޒިޔާރަތުގައި ވަޑައިގެންފައިވަނީ ކޯޓު ހިންގެވުމާ ޙަވާލުވެހުންނެވި ޤާޟީ އަލްއުސްތާޛު ޢަބްދުއްސައްތާރު ޢަބްދުލްޙަމީދާއި، ޤާޟީ އަލްއުސްތާޛު މުޙައްމަދު ޢީސާފުޅާއި، ލީގަލް އޮފިސަރު ފާޠިމަތު ތައުފީޤާއި ކޮމްޕިޔުޓަރު ޓެކްނީޝަން ޢަލީ ޝަމީނެވެ.
ޑްރަގް ކޯޓުގެ ފަރާތުން ފުވައްމުލަކުގެ ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރަށް ޒިޔާރަތްކޮށްފި!
- ބުދަ, 16 ސެޕްޓެމްބަރ 2015
ޏ.ފުވައްމުލަކުގައި ގާއިމުކުރެވިފައިވާ ޑްރަގް ޓްރީޓްމެންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރުގައި ފަރުވާ ހޯދަމުން ދާމީހުންގެ ފަރުވާގެ ޕްރޮގްރާމުތައް ހިނގާގޮތް ބެލުމަށްޓަކައި، އެސެންޓަރަށް ޑްރަގްކޯޓުގެ ފަރާތުން ޒިޔާރަތްކޮށްފިއެވެ.
ޑްރަގްކޯޓުގެ ފަރުވާ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި
- ބުރާސްފަތި, 04 ޖޫން 2015
ޑްރަގްކޯޓުގެ ރީހެބިލިޓޭޝަން އަމުރުގެ ދަށުން ފަރުވާ ފުރިހަމަކުރި ފަރާތްތަކަށް ހަނދާނީ ލިޔުންދިނުމަށް ރަސްމިއްޔާތެއް ބާއްވައިފިއެވެ. ޝީ ބިލްޑިންގުގެ އަސަރީ މާލަމުގައި، 28 މެއި 2015 ވީ ބުރާސްފަތި ދުވަހު ބޭއްވުނު މި ޙަފުލާގައި، ފަރުވާ ފުރިހަމަކުރި ފަރާތްތަކަށް ހަނދާނީ ލިޔުން ބައްސަވައިދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރިމެހުމާނު މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯރޓްސް އަލްފާޟިލް އަޙްމަދު ޡުހޫރެވެ.ފަރުވާ ފުރިހަމަކުރި ފަރާތްތަކުގެ ތެރެއިން 11 ފަރާތަކާއި، އެފަރާތްތަކުގެ ބެލެނިވެރިންވެސް ބައިވެރިވި މި ރަސްމިއްޔާތުގައި ޝަރަފުވެރިމެހުމާނު ދެއްކެވި ވާހަކަފުޅުގައި،
ޑްރަގްކޯޓުގެ 2014 ވަނަ އަހަރުގެ ޙަފްލާ ބާއްވައިފި
- އަނގާރަ, 05 މޭ 2015
ޑްރަގްކޯޓުގެ 2014 ވަނަ އަހަރުގެ އަހަރީ ޙަފްލާ 30 އޭޕްރީލް 2015 ވީ ބުރާސްފަތި ދުވަހު ބާއްވައިފިއެވެ. ޙަފްލާގައި 2014 ވަނަ އަހަރު ޑްރަގްކޯޓުގެ ނަމޫނާ މުވައްޒަފާއި ޙާޟިރީއަށް އެންމެ ރަނގަޅު މުވައްޒަފުގެ އިތުރުން ޕާފޯމަންސް އެޕްރެއިސަލް ފޯމުން 70 އިން ސައްތައަށް ވުރެ މަތިން ހޯދާފައިވާ މުވައްޒަފުންނަށް ހަނދާނީ ލިޔުމާއި ޓްރޮފީ ދީފައިވެއެވެ.
އިތުރު ލިޔުންތައް...
- އިތުރު މީހަކު ފަރުވާގެ ޕްރޮގްރާމް ފުރިހަމަކޮށްފި
- ޑްރަގް ކޯޓުގެ އަހަރީ ރިޕޯޓު ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލަށް ހުށަހަޅައިފި!
- ޑްރަގް ކޯޓުގައި 3 އޮން 3 ނެޓްބޯޅަ މުބާރާތެއް ބާއްވައިފި!
- 16ޑިސެމްބަރ 2014 އިން ފެށިގެން އެމަހުގެ ނިޔަލަށް ޑްރަގް ކޯޓު ރިސެސްއަށް ދަނީ!
- ޑްރަގް ކޯޓުގެ މުވައްޒަފުންނަށް ދިވެހި ބަހުގެ ތަމުރީނު ޕްރޮގްރާމެއް ހިންގިއްޖެ!