ޑްރަގް ކޯޓުގައި ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތެއް ބާއްވައިފި!

 13467592 10154081595650831 399954761 o1
1437 ވަނަ އަހަރުގެ ރަމަޟާން މަސް އިޙްޔާކުރުމަށް ޑްރަގް ކޯޓުގެ ފަރާތުން 19 ޖޫން 2016 ވަނަ ދުވަހު ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތެއް ބާއްވައިފިއެވެ.

 

ޑްރަގް ކޯޓުގެ މުވައްޒަފުންނަށް އަދި މުވައްޒަފުންގެ އާއިލާ މެމްބަރުންގެ ތެރެއިން 10 އަހަރުން ދަށުގެ ކުދިންނަށް ފުރުޞަތު ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ޤުރުއާން މުބާރާތަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.

އިތުރަށް ވިދާޅުވުމަށް...

ޑްރަގް ކޯޓުގެ ފަރާތުން ސ.ހިތަދޫގެ ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރަށް ޒިޔާރަތްކޮށްފި!

Hithadhoo
ނޭޝަނަލް ޑްރަގް އެޖެންސީން ސ. ހިތަދޫގައި ހިންގާ ޑްރަގް
ޓްރީޓްމެންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރުގައި ފަރުވާ ހޯދަމުންދާ މީހުންގެ ފަރުވާގެ ޕްރޮގްރާމުތައް ހިނގާގޮތް ބެލުމަށްޓަކައި އެ ސެންޓަރަށް ޑްރަގް ކޯޓުގެ ފަރާތުން ޒިޔާރާތްކޮށްފިއެވެ.

13 ސެޕްޓެމްބަރު 2015 އިން 16 ސެޕްޓެމްބަރ 2015 އަށް ކުރި މި ޒިޔާރަތުގައި ވަޑައިގެންފައިވަނީ ކޯޓު ހިންގެވުމާ ޙަވާލުވެހުންނެވި ޤާޟީ އަލްއުސްތާޛު ޢަބްދުއްސައްތާރު ޢަބްދުލްޙަމީދާއި، ޤާޟީ އަލްއުސްތާޛު މުޙައްމަދު ޢީސާފުޅާއި، ލީގަލް އޮފިސަރު ފާޠިމަތު ތައުފީޤާއި ކޮމްޕިޔުޓަރު ޓެކްނީޝަން ޢަލީ ޝަމީނެވެ.

އިތުރަށް ވިދާޅުވުމަށް...

ޑްރަގް ކޯޓުގެ ފަރާތުން ފުވައްމުލަކުގެ ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރަށް ޒިޔާރަތްކޮށްފި!

Dhathuru 2015


ޏ.ފުވައްމުލަކުގައި ގާއިމުކުރެވިފައިވާ ޑްރަގް ޓްރީޓްމެންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރުގައި ފަރުވާ ހޯދަމުން ދާމީހުންގެ ފަރުވާގެ ޕްރޮގްރާމުތައް ހިނގާގޮތް ބެލުމަށްޓަކައި، އެސެންޓަރަށް ޑްރަގްކޯޓުގެ ފަރާތުން ޒިޔާރަތްކޮށްފިއެވެ.

އިތުރަށް ވިދާޅުވުމަށް...

ޑްރަގްކޯޓުގެ ފަރުވާ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

ޑްރަގްކޯޓުގެ ރީހެބިލިޓޭޝަން އަމުރުގެ ދަށުން ފަރުވާ ފުރިހަމަކުރި ފަރާތްތަކަށް ހަނދާނީ ލިޔުންދިނުމަށް ރަސްމިއްޔާތެއް ބާއްވައިފިއެވެ. ޝީ ބިލްޑިންގުގެ އަސަރީ މާލަމުގައި، 28 މެއި 2015 ވީ ބުރާސްފަތި ދުވަހު ބޭއްވުނު މި ޙަފުލާގައި، ފަރުވާ ފުރިހަމަކުރި ފަރާތްތަކަށް ހަނދާނީ ލިޔުން ބައްސަވައިދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރިމެހުމާނު މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯރޓްސް އަލްފާޟިލް އަޙްމަދު ޡުހޫރެވެ.ފަރުވާ ފުރިހަމަކުރި ފަރާތްތަކުގެ ތެރެއިން 11 ފަރާތަކާއި، އެފަރާތްތަކުގެ ބެލެނިވެރިންވެސް ބައިވެރިވި މި ރަސްމިއްޔާތުގައި ޝަރަފުވެރިމެހުމާނު ދެއްކެވި ވާހަކަފުޅުގައި،

އިތުރަށް ވިދާޅުވުމަށް...