ޝަރުޠުތަކުގެ ގަވާއިދު އުވާލުން
- ބުރާސްފަތި, 01 ސެޕްޓެމްބަރ 2022
ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުގެ މައްޗަށް ކުރެވޭ ޝަރުޠުތަކާއި، އެ ޝަރުޠުތަކާ ޚިލާފުވުމުން އެޅޭނެ ފިޔަވަޅުތައް ބަޔާންކޮށް ހެދިފައިވާ ގަވާއިދު ނަންބަރު: 2014/R-27 (ޝަރުޠުތަކުގެ ގަވާއިދު) 1 ސެޕްޓެމްބަރު 2022 އިން ފެށިގެން ވަނީ އުވާލެވިފައެވެ.
ޑްރަގްކޯޓުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި ނެޝަނަލް ޑްރަގް އެޖެންސީ އަދި ދިވެހިފުލުހުންގެ ޚިދުމަތާއެކު ބައްދަލުވުމެއް ބޭއްވުން
- ބުދަ, 10 އޯގަސްޓް 2022
9 އޮގަސްޓް 2022 ވަނަ ދުވަހު ޑްރަގް ކޯޓުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި ނެޝަނަލް ޑްރަގް އެޖެންސީ އަދި ދިވެހިފުލުހުންގެ ޚިދުމަތާއެކު މަޝްވަރާ ބައްދަލުވުމެއް
ބާއްވައިފިއެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤުޞަދަކީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 63 ވަނަ މާއްދާގެ (ރ) ގެ 1 ވަނަ ނަންބަރުގައިވާ ފަދައިން، ކުށުގެ ދަޢުވާ އުފުލިފައިވާ މީހުން ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރުގައި ބަންދުކުރުމާގުޅޭ ކަންކަން އިންތިޒާމު ކުރުމާމެދު މަޝްވަރާ ކުރުމެވެ.
ޑްރަގް ކޯޓުން ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރަށް ޒިޔާރަތްކޮށްފި!
- އާދީއްތަ, 29 މޭ 2022
ބަންދުގައި ބައިތިއްބައިގެން ފަރުވާދޭން ޖެހޭ ފަރާތްތަކަށް ފަރުވާ ދިނުމަށް ކ.ގުޅީގައި ގާއިމުކުރެވިފައިވާ ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރުގައި ފަރުވާގެ ޕްރޮގްރާމުތައް ހިނގަމުންދާ ގޮތް ބެލުމަށްޓަކައި، 25 މެއި 2022 ވަނަ ދުވަހު، ޑްރަގް ކޯޓުގެ ފަރާތުން އެ ސެންޓަރަށް ޒިޔާރަތް ކޮށްފިއެވެ.
މި ޒިޔާރަތުގައި ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރުގެ މުވައްޒަފުންނާއި، ފަރުވާ ހޯދަމުންދާ ފަރާތްތަކާ ބައްދަލުކޮށް، އެ ފަރާތްތަކަށް ދިމާވާ ދަތިތަކާއި ފަރުވާގެ ކަންކަން ހިނގަމުންދާ ގޮތާ ބެހޭ ގޮތުން މަޝްވަރާކުރެވިފައިވެއެވެ.
ޑްރަގް ކޯޓުން ހާފްވޭ ހައުސްއަށް ޒިޔާރަތްކޮށްފި!
- އަނގާރަ, 24 މޭ 2022
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ގާއިމުކުރެވިފައިވާ ހާފްވޭ ހައުސްގައި ފަރުވާގެ ޕްރޮގްރާމުތައް ހިނގަމުންދާ ގޮތް ބެލުމަށްޓަކައި، 23 މެއި 2022 ވަނަ ދުވަހު، ޑްރަގް ކޯޓުގެ ފަރާތުން އެ ސެންޓަރަށް ޒިޔާރަތް ކޮށްފިއެވެ.