ކޮވިޑް-19 އާ ގުޅިގެން ޑްރަގް ކޯޓުގެ އަމުރު ހަވާލު ކުރުމުގެ ހިދުމަތާއި އެހެނިހެން ބައެއް ހިދުމަތްތަށް އޮންލައިންކޮށްފި.
މިދުވަސްވަރު ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19ގެ ސަބަބުން ޑްރަގް ކޯޓުގެ މުވައްޒަފުންނާއި ޑްރަގް ކޯޓުގެ އިޚްތިޞާޞް ހިނގާ އެންމެހާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ޑްރަގް ކޯޓުން ނެރޭ އަމުރުތައް އޮންލައިންކޮށް ފަސޭހައިން ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. މި ޕޯރޓަލް ފަރުމާކޮށް ޑިވްލޮޕް ކޮށްފައި ވަނީ މޯލްޑިވިސް ކޮމްޕިއުޓަރ ސޮސައިޓީ އެހީތެރިކަމާއެކު ޑްރަގް ކޯޓުގެ އިރުޝާދުގެ ދަށުންނެވެ.
މިޕޯރޓްލް ގެ ހިދުމަތް ހޯދުމަށް ޑްރަގް ކޯޓުގެ އިޚްތިޞާޞް ހިނގާ އެންމެހާ ފަރާތްތަކުން ކޯޓުގެ ވެބްސައިޓްގެ ކޯޓުއަމުރު ޕޯރޓަލް ގައި ރެޖިސްޓްރީވާންޖެހެއެވެ. އަދި މީގެ އިތުރުން މި ޕޯރޓަލްގައި ރެޖިސްޓްރިވެފައިވާ ފަރާތްތަކަށް އަމުރެއް ނެރޭ ވަގުތުން އެ ފަރާތަކަށް އެސްއެމްއެސް އެލާރޓް ނޮޓިފިކޭޝަން ލިބިވަޑައިގަންނާވާނެވެ.
ކޯޓުގެ އެހެން ޚިދުމަތް ދިނުމުގެ ގޮތުން، ކޮންމެހެން ކޯޓަށް ހުށަހަޅަންޖެހޭ މައްސަލައެއް ނުވަތަ ހިދުމަތާއި ގުޅޭކަންކަން ކޯޓަށްހުށަހެޅުމުގެ އިންތިޒާމް ހަމަޖެހިފައިވެއެވެ.
ކޯޓު އަމުރު ޗެކް ކުރުމަށް ވެބް ސައިޓްގެ ކޯޓު އަމުރު ޕޯރޓަލް: https://www.drugcourt.gov.mv
މައްސަލަ ހުށަހެޅުއްވުމަށް އީމެއިލް ކުރައްވާނީ : admin@drugcourt.gov.mv
އެހެނިހެން ހިދުމަތް ހޯދުމަށް: info@drugcourt.gov.mv
ވަޒީފާ އެދި ހުށައަޅާ ފޯމު: jobvacancy@drugcourt.gov.mv
މައްސަލާއިގެ އަޑުއެހުންތަކުގެ މަޢުލޫމާތު ސާފުކުރުމަށް: 10:00 - 14:00 3018556