ޝަރުޠުތަކުގެ ގަވާއިދު އުވާލުން
ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުގެ މައްޗަށް ކުރެވޭ ޝަރުޠުތަކާއި، އެ ޝަރުޠުތަކާ ޚިލާފުވުމުން އެޅޭނެ ފިޔަވަޅުތައް ބަޔާންކޮށް ހެދިފައިވާ ގަވާއިދު ނަންބަރު: 2014/R-27 (ޝަރުޠުތަކުގެ ގަވާއިދު) 1 ސެޕްޓެމްބަރު 2022 އިން ފެށިގެން ވަނީ އުވާލެވިފައެވެ.
ގަވާއިދު އުވާލެވިފައިވަނީ، މިހާރު މިފަދަ ގަވާއިދެއް ނެތަސް، ގަވާއިދުން ބޭނުންވާ މަޤްޞަދުތައް މަސްތުވާތަކެއްޗާ ބެހޭ ޤާނޫނާއި، އެއަށް ގެނެވިފައިވާ އިޞްލާޙުތަކުން، ޙާޞިލުވާ ކަމަށް ޑްރަގް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ފެނިވަޑައިގެން އެގޮތަށް ނިންމެވުމާ ގުޅިގެންނެވެ.
ގަވާއިދު އުވާލުމުން، އޭގެ ދަށުން އިންތިޒާމުވެގެން ހިނގަމުން އައި ކަންކަމަށް މިހާރު އައިސްފައިވާ ބަދަލުތައް، ކަމާބެހޭ ފަރާތްތަކާ ޑްރަގް ކޯޓުން ދަނީ ހިއްސާ ކުރަމުންނެވެ.