ފަރުވާ ޕްރޮގްރާމަށް އެއްބާރުލުންނުދިނުމުން ފަރުވާގެ ޕްރޮގްރާމުން ވަކިކޮށްފި
ޑްރަގް ކޯޓުގެ ނަންބަރު 110/DC/2012 ޤަޟިއްޔާގައި ކ.މާލޭ ވިލިނގިލިޕެލަސް އަޙްމަދު މުޙައްމަދުގެ މައްޗަށް ކޮށްފައިވާ ރީހެބިލިޓޭޝަން އަމުރުގައި ބަޔާންކުރެވިފައިވާ ފަރުވާގެ ޕްރޮގްރާމް ފުރިހަމަކުރުމުގެތެރޭގައި އަޙްމަދު މުޙައްމަދު ފަރުވާއަށް އެއްބާރުލުންނުދޭތީ މިއަދު އޭނާގެ މައްޗަށް ކޮށްފައިވާ ރީހެބިލިޓޭޝަން އަމުރު ހުއްޓާލުމަށްފަހު، އޭނާގެ މައްޗަށް ކޮށްފައިވާ 03 އަހަރަށް ޖަލަށްލުމުގެ ޙުކުމް ތަންފީޛުކުރުމަށް އަމުރުކޮށްފިއެވެ.