ޑްރަގް ކޯޓުން ޓްވިޓަރ ބޭނުންކުރަން ފަށައިފި
ޑްރަގް ކޯޓުގެ ޚަބަރުތަކާއި، ނިންމުންތަކާއި، އަދި މި ނޫންވެސް ޑްރަގް ކޯޓާގުޅުންހުރި މުހިއްމު މަޢުލޫމާތު ޢާންމުންނާ ހަމައަށް ފޯރުކޮށްދިނުމަށްޓަކައި، ޓްވިޓަރ ބޭނުންކުރަން މިއަދު ފަށައިފިއެވެ. ޑްރަގް ކޯޓުން ޓްވިޓަރ ބޭނުންކުރަމުންދާނީ ކޯޓުގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން އެންޑް ހިއުމަން ރިސޯސް ޔުނިޓުން ތައްޔާރުކޮށްފައިވާ [ޑްރަގް ކޯޓުގައި ޓްވިޓަރ ބޭނުންކުރުމުގެ އުސޫލު] ގައިވާ ގޮތުގެ މަތިންނެވެ. ޑްރަގް ކޯޓުގެ ޓްވިޓަރ އެކައުންޓުގެ ނަމަކީ، @MVDrugCourt އެވެ.