ފަރުވާދޭ މަރުޒަށް ނުދިއުމުން ފަރުވާގެ ޕްރޮގްރާމު ހުއްޓާލައިފި
ޑްރަގް ކޯޓުގެ ނަންބަރު171/DC/2012 ޤަޟިއްޔާގައި ސ. ހިތަދޫ ފުނަގެ މުޙައްމަދު އަފްރާޙް ޝަރީފުގެ މައްޗަށް ކޮށްފައިވާ ރީހެބިލިޓޭޝަން އަމުރުގައި ބަޔާންކުރެވިފައިވާ ފަރުވާގެ ޕްރޮގްރާމް ފެށުމަށްޓަކައި ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރަށް ދިއުމަށް ތަކުރާރުކޮށް އެންގުމުން އެ އެންގުމާ އެއްގޮތަށް ޢަމަލުކޮށްފައި ނުވާތީ މިއަދު އޭނާ ފަރުވާގެ ޕްރޮގްރާމުން ވަކިކޮށްފިއެވެ. ފަރުވާގެ ޕްރޮގްރާމުން ވަކިކުރުމާއެކު، މިއަދު އޭނާގެ މައްޗަށް ކޮށްފައިވާ ރީހެބިލިޓޭޝަން އަމުރު ހުއްޓާލުމަށްފަހު، އޭނާގެ މައްޗަށް ކޮށްފައިވާ 03 އަހަރަށް ޖަލަށްލުމުގެ ޙުކުމް ތަންފީޛުކުރުމަށްވެސް ޝަރީޢަތުން އަމުރުކޮށްފައިވެއެވެ.